ދިވެހިރާއްޖެ
މާވަށު އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހައި ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމާ ގުޅޭ
ހައްދުންމަތީ މާވަށު އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހައި ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް (ލ.މާވަށު ކައުންސިލް އިދާރާގެ މީޓިންގރޫމަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.
މާކްސް ދެވޭ ކުރައިޓީރިއާ |
މާކްސް ދެވޭގޮތް |
ތަފުސީލު |
ފޯމިއުލާ |
މަސައްކަތުގެ އަގު |
90% |
|
(Benchmark Price/Submitted Price) x 90 |
ތަޖުރިބާ |
10% |
|
(Submitted Experience/Benchmark Experience)x10 |
17 ރަޖަބު 1436