ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަށުގެ ބަނދަރު މަތީގައި މޮނިއުމެންޓެއް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުން
ރަށުގެ ބަނދަރު މަތީގައި މޮނިއުމެންޓެއް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުން
ކޮޅުމަޑުލު ގުރައިދޫ ބަނދަރުމަތީގައި ރަށުގެ ނަންޖެހޭގޮތަށް މޮނިއުމެންޓެއް ޑިޒައިން ކުރުމަށް ޢާންމުކޮށް ފުރުޞަތު ހުޅުވާލަމެވެ. ހުށަހެޅޭ ޑިޒައިންތަކުގެ ތެރެއިން އެންމެ ރަނގަޅު ޑިޒައިނެއްގެ ގޮތުގައި މި ކައުންސިލުން ކަނޑައަޅާ ޑިޒައިނަކަށް 5000.00 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ޖޫން 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޑިޒައިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ޑިޒައިން ހުށަހަޅުއްވާނަމަ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މޮނިއުމެންޓް ޑިޒައިން ކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް:
- މޮނިއުމަންޓް ހަދަން ޖެހޭނީ ކޮން އެއްޗަކުން ކަން ބަޔާންކޮށްފައިވުން. މިސާލު: ސިމެންތި ނުވަތަ ފައިބަރ އިންކަން ބަޔާންކުރުން.
- ހުށަހަޅާ ޑިޒައިންގެ ޖޭ ޕީ ޖީ ނުވަތަ ޕީ ޑީ އެފް ފައިލް ފޮނުވުން.
28 މޭ 2024
ހޯދާ