ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ވާދޫ ކައުންސިލްގެ ފުޓްސަލް މުބާރާތާއި ވޮލީ ބޯޅަ މުބާރާތް ހިންގާދޭނެ ފަރާތެއް ހޯދުން

                                 

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2024/26

ތާރީޚް

‏ 20 ޛުލްޤައިދާްްް 1445

 28  މެއި   2024

ގދ.ވާދޫ ކައުންސިލްގެ ފުޓްސަލް މުބާރާތާއި ވޮލީ ބޯޅަ މުބާރާތް ހިންގާދޭނެ ފަރާތެއް ހޯދުން

         ގދ.ވާދޫ ކައުންސިލުން 2024 ވަނަ އަހަރުގެ ޖުލައި މަހުގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ކައުންސިލްގެ ފުޓްސަލް މުބާރާތާއި،ވޮލީ ބޯޅަ މުބާރާތް ރާވާ ހިންގާދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

          ވީމާ،މިދެމުބާރާތް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކޮށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ.     މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކާއި ،ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމިއްޔާތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާހާއި ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމާއި،ބީލަންހުށަހަޅާ ފޯމް އަދި އަގު ހުށަހަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

2024/06/05

ބުދަ

14:00

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ

2024/06/13

ބުރާސްފަތި

13:00

 

 

       އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ނުވަތަ 9991426 އަށް ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

 

 

                                                          ހާޝިރު މުޙައްމަދު

                                                       ކައުންސިލްގެ ނާއިބް ރައީސް

28 މޭ 2024
ހޯދާ