މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ ކޮމެޓީ ވޮލީ މުބާރާތް 2024" ކުރިއަށްދާ މުއްދަތުގައި ވޮލީ ކޯޓު ސަރަހައްދުގައި ކެންޓީން ހިންގަދޭނެ 2 ފަރާތެއް ހޯދުން

މި ކޮމިޓީގެ ފަރާތުން ރ. އަލިފުށި ކަނބަލުންނަށް ހުޅުވާލައިގެން، 23 ޖޫން 2024 ގައި "އ.ތ.މ ކޮމެޓީ ވޮލީ މުބާރާތް 2024"  ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި މުބާރާތް ކުރިއަށްދާ މުއްދަތުގައި މި ކޮމިޓީން ދޭ މަޢުލޫމާތާއި އެއްގޮތަށް، ވޮލީ ކޯޓު ސަރަހައްދުގައި ކެންޓީން ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. ކެންޓީން ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުގައި ފުރިހަމަ ވާންޖެހޭ ކަންކަން ތިރީގައި އެވަނީއެވެ.

ބަލާނެ ކަންތައްތައް

  • ކެންޓީން ހިންގުމުގެ ހުއްދަ ދެވޭނީ އެންމެ މަތިން އަގު ހުށަހަޅާ 2 ފަރާތަކަށެވެ.
  • ހުށަހެޅޭނެ އެންމެ ދަށް އަގަކީ -/500 ރުފިޔާއެވެ.
  • އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކާބޯތަކެތި ވިއްކުމުގެ ހުއްދައޮތް ފަރާތްތަކަށް އެކަންޏެވެ.

ޝަރުތުތައް

  • މުބާރާތުގެ މެޗުތައް ހިނގަމުންދާ ހުރިހާ ވަގުތެއްގައި ކާބޯތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.
  • ވާރެ ހިޔާވާގޮތަށް ކެންޓީން ތައްޔާރުކޮށްފައި ހުންނަންވާނެއެވެ.
  • ކާބޯތަކެތި ވިއްކުމުގެ އާންމު ސާފުތާހިރު ކަމުގެ މިންގަނޑު ހިފަހައްޓަންވާނެއެވެ.
  • ކެންޓީނުގައި ވިއްކުމަށް ބެހެއްޓިފައި ހުންނަ ކާބޯތަކެތި ހިނި، މެހި ފަދަ ދިރޭ ތަކެތިން ރައްކާތެރިކޮށް ބަހައްޓަންވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ އަގު ހުށަހަޅާ ފޯމް 2024 ޖޫން 6 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

2024 ޖޫން 09 ވާ އާދިއްތަ ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ. އަދި ގަޑިޖެހުމަށްފަހު އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

20 ޛުލްޤައިދާ 1445

28 މޭ 2024
ހޯދާ