ލ.މާވަށު ކައުންސިލް އިދާރާގެ މަރާމާތުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން
މާވަށު ކައުންސިލް އިދާރާގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް (ލ.މާވަށު ކައުންސިލް އިދާރާގެ މީޓިންގރޫމަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.
މާކްސް ދެވޭ ކުރައިޓީރިއާ
|
މާކްސް ދެވޭގޮތް
|
ތަފުސީލު
|
ފޯމިއުލާ
|
މަސައްކަތުގެ އަގު
|
75%
|
- ތަކެތި ނުވަތަ ޚިދުމަތުގެ އަގަށްދޭ މާކްސް
- މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަމާކްސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ.
|
(Benchmark Price/Submitted Price) x 75
|
މަސައްކަތް ނިންމާ މުއްދަތު
|
15% |
- މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މާކްސް
- މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރުމުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރުމުއްދަތަކަށެވެ.
|
(Benchmark Delivery Period/Submitted Delivery Period) x 15
|
މާލީގޮތުން އެކަންކުރެވޭނެ ފެންވަރު
|
5%
|
- މާލީގޮތުން މަސައްކަތްކުރެވޭނެ ފެންވަރު ހުރިވަރު ބަލައި ދެވޭ މާކްސް
- މާލީގޮތުން މަސައްކަތްކުރެވޭނެ ފަންވަރު ހުރިކަން ބަލާނީ ހުށަހަޅާ ބޭންކް ގެރެންޓީފަދަ ރަސްމީ ލިޔުންތަކަށް ބަލައިގެން އެންމެ ގިނައިން ހުރި ފައިސާގެ އަދަދަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުށަހަޅާފައިވާ ފައިސާގެ އަދަދުތަކުގެ މައްޗަށް ބަލައިގެން ލިބޭ % އަކުންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ފައިސާގެ އަދަދު އެންމެ ގިނައިން ހުރި ފަރާތަކަށެވެ.
|
(Submitted Amount/Benchmark amount) x5
|
ތަޖުރިބާ
|
5%
|
- ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް
- ފާއިތުވެދިޔަތަނުގައި މަރާމާތުގެ މަސައްކަތް ކުރުމުގެ ތަޖުރިބާއަށް ބިނާކޮށް މާކްސް ދެވޭވަރު ބަލާނީ އެންމެ ގިނައިން ތަޖުރިބާގެ ލިޔުން ހުށަހެޅި ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ތަޖުރިބާގެ ލިޔުން ހުށަހަޅާފައިވާ ފަރާތަކަށެވެ.
|
(Submitted Experience/Benchmark Experience)x5
|
17 ރަޖަބު 1436