ދިވެހިރާއްޖެ
މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ދޮޅިދާންގެއެއް ޢިމާރާތްކޮށްދޭނެ ފަރާތެއްހޯދުމަށް ކުރި މި އިދާރައިގެ ނަންބަރު: (IUL)347-ES/347/2024/6 (13 މެއި 2024) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށްއެދި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ޢަދަދު އެކަށީގެންވާ ވަރަށްވުރެ މަދުވުމުން، އެ އިޢުލާނު ބާޠިލުކޮށް އަލުން، އިޢުލާނު ކުރަމެވެ.
ވީމާ، މި އިދާރައިންދޭ މަޢުލޫމާތާއި އެއްގޮތަށް. އދ. ހަންޏާމީދޫގައި ދޮޅިދާންގެއެއް އަމިއްލަ ތަކެތީގައި ޢިމާރާތް ކޮށްދިނުމަށް ޝަޢުޤުވެރިވާ އަދި ޝަރުތު ހަމަވާ އެންމެހާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.
ދޮޅިދާންގެ ޢިމާރާތް ކުރުމުގެ މަސައްކަތަށް، އަންދާސީ ހިސާބު ހުށަހެޅޭނީ މި އިޢުލާނުގައިވާ ގޮތުގެ މަތިން، އަންދާސީ ހިސާބު ހުށަހެޅުމަށްއެދި ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށް ނުވަތަ އަމިއްލަ ފަރުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
- · ސުރުހީގައިވާ މަސައްކަތާއި ގުޅޭ މުހިއްމު ތާރީޚްތައް.
ތަފްޞީލް |
މުއްދަތު ހަމަވާ ތާރީޚް |
ސުންގަޑި |
އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ވުން (29 މެއި 2024 އިން 04 ޖޫން 2024 އަށް) |
04 ޖޫން 2024 |
13:00 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުން |
06 ޖޫން 2025 |
10:00 |
ހަންޏާމީދޫ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުން |
12 ޖޫން 2024 |
11:00 |
ވީމާ، އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، ނަމާއި، ވިޔަފާރި ރަޖިސްޓްރީ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރާއި ވައިބަރ ނަންބަރު، 2024 ޖޫން 04 ވަނަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ދުރުވެ ނުވަތަ މި އިދާރައިގެ [email protected] މެއިލަށް ނުވަތަ ވައިބަރ ނަންބަރު 7837799 އަށް ފޮނުވައި ދެއްވުން އެދެމެވެ.