ދިވެހިރާއްޖެ
މިރަށު ބަނދަރާއި އިޖުތިމާޢީ ސަރަޙައްދުތަކާއި މަގުތަކުގައި ޖަހާފައިވާ ބައްތިތައް ކޮންޓެކްޓް އުސޫލުން ދިއްލައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 މޭ 2015 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިއިދާރާގެ މީޓިންގރޫމަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 މޭ 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިއިދާރާގެ މީޓިންގރޫމަށް ހާޒިރުވެ ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމާއި ޕްރޮޕޯޒަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެމީހަކީ އެފަރާތެއްގެ ބަދަލުގައި ފޮނުވި މީހެއްކަން އަންގައިދޭ ލިޔުމަށް ހުށަހަޅަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅާ ޕްރޮޕޯޒަލްތަކާއި، މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްތަކާއި، ގަޑިޖެހުމަށްފަހު ހުށަހެޅުމަށް ގެންނަ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިމަސައްކަތް ކުރާނެ ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލު:
1- ހުށަހަޅާ އެންމެ ކުޑަ އަގަށް %70
2- މުއްދަތު % 12
3- ފަންނީ ޤާބިލުކަން % 10
4- އިތުރަށް ކޮށްދޭނެކަމަށް ބަޔާންކުރާ ކަންތައްތަކަށް %8
މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30ން މެންދުރުފަހުގެ 14:30 އާ ދެމެދު މިއިދާރާގެ ނަންބަރު 6580015 ފޯނަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
17 ރަޖަބު 1436