ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
އެސްޓީއޯ ހއ.ހޯރަފުށި ފިހާރައިގެ ގުދަނަށް އެސްޓީއޯގެ ބޯޓުފަހަރުންނާ އެހެނިހެން ބޯޓުފަހަރުން ގެންނަ މުދާ ބޯޓުން ބާލައިގެން ގެންގޮސް ފިހާރައިގެ ގުދަނުގައި ޖެއްސުމާއި، އަދި ގުދަނުން މުދާ ނެރެގެން ބޯޓުފަހަރުތަކަށް ބަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މޭ 17 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ހއ.ހޯރަފުށީ ފިހާރައަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 24 ވާ އާދީއްތަ ދުވަހުގެ 1100 އަށް އަންދާސީހިސާބު، ހއ.ހޯރަފުށީފިހާރައަށް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ :
ފޯން : 3344374 ، 3012402
ފެކްސް : 3344633
[email protected] :އީމެއިލް