ދިވެހިރާއްޖެ
ޕިކަޕް ދަތުރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
1. މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް 01 އަހަރު ދުވަހުގެ މުއްދަތަށް ޕިކަޕް ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
2. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2024 މޭ 28 ން 2024 ޖޫން 05 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:forms.moe.gov.mv
4. މިޕްރޮކިއުމަންޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޖޫން 05 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ޖޫން 09 ވަނަ ދުވަހުގެ 11:00 ގައިމިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 3 ގައެވެ.
6. މިޕްރޮކިއުމަންޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000/-ރ.(ފަސްހާސް) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
7. މިބީލަމާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
8. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވެލާނާގެ، 9 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3341403 / 3341460
އީ-މެއިލް: [email protected]