ދިވެހިރާއްޖެ
މިކުންފުނީގެ 2024 ވަނަ އަހަރުގެ ޚާއްޞަ ޢާންމު ޖަލްސާއަށް ކުންފުނީގެ އެންމެހައި ޙިއްޞާދާރުންނަށް ދަޢުވަތު އަރުވަމެވެ. 2024 ވަނަ އަހަރުގެ ޚާއްޞަ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 ޖޫން 11 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން ފަހިވޯޓް މެދުވެރިކޮށެވެ.
2024 ވަނަ އަހަރުގެ ޚާއްޞަ ޢާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނެ ފަރާތްތައް:
މިޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ 2024 މެއި 23 ވަނަ ދުވަހުގެ ނިޔަލަށް މިކުންފުނީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މިކަން ވާނީ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި 2024 މެއި 12 ވަނަ ދުވަހުގައި ނަންބަރު: MTCC-CSD/IU/2024/0103 އިޢުލާނުން ޢާންމުކޮށް އަންގައި އިޢުލާނުކޮށްފައެވެ.
ޖަލްސާގެ އެޖެންޑާ
- ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން
- ކުންފުނީގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާޙުތައް ފާސްކުރުން
- ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާޙުތައް ފާސްކުރުން
- 2022 ވަނަ އަހަރުގެ ފައިދާއިން ޙިއްޞާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ޢަދަދު ފާސްކުރުން
- ޖަލްސާ ނިންމުން
ޖަލްސާއަށް ރަޖިސްޓަރ ކުރުން
ކުންފުނީގެ 2024 ވަނަ އަހަރުގެ ޚާއްޞަ ޢާންމު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ އެންމެހައި ޙިއްޞާދާރުން 2024 ޖޫން 09 ވަނަ ދުވަހުގެ 16:00 ގެ ކުރިން ރަޖިސްޓަރ ކުރައްވަންވާނެއެވެ.
މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ޙިއްޞާދާރުން، މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯރޓަލް (infinity.mv)، އެމް.ޓީ.ސީ.ސީގެ ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލް (sop.mtcc.com.mv)، ([email protected]) އީމެއިލް މެދުވެރިކޮށް ނުވަތަ އެމް.ޓީ.ސީ.ސީ ޓަވަރުގެ ކައުންޓަރަށް ހުށަހަޅުއްވައިގެން ރަޖިސްޓަރ ކުރެއްވޭނެއެވެ.
ޖަލްސާއަށް ރަޖިސްޓަރ ކުރައްވާނެ ގޮތުގެ ވީޑިއޯ އަދި ޖަލްސާއާއި ގުޅޭ ފޯމުތައް މިކުންފުނީގެ ވެބްސައިޓުގައި ޝާޢިއުކޮށްފައިވާނެއެވެ.
ވީމާ، މިކަން ކުންފުނީގެ އެންމެހައި ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.