މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ރޯޑްވާދިނަސް އޮފިސަރ

މަޤާމު

އެސިސްޓެންޓް ރޯޑްވާދިނަސް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ރޯޑްވާދިނަސް އޮފިސަރ

ރޭންކް: ޖީ.އެސް.3 (ޖެނެރަލް ސަރވިސް 3)

މުސާރަ

މަހަކު 4,465.00 ރުފިޔާ 

ސަރވިސް އެލަވަންސް

މަހަކު 1,500.00 ރުފިޔާ 

ސެކްޝަން/ އޮފީސް/ ތަން

ލޭންޑް ޓްރާންސްޕޯޓް ސެކްޝަން/ ޓްރާންސްޕޯޓް އޮތޯރިޓީ، މާލެ

މަޤާމުގެ މަސްއޫލިއްޔަތު

އެއްގަމު ވެހިކަލްތަކުގެ ރަޖިސްޓްރީއާ ބެހޭގޮތުން އޮފީހަށް ހުށަހަޅާ ރޯޑްވަރދިނަސްތަކާ ބެހޭ އެންމެހާ މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠު

  • އެޑްމިނިސްޓްރޭޝަން/ އޮފީސް މެނޭޖްމަންްޓް/ ބިޒިނަސް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. (%49)
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. (%8)
  • މަސައްކަތުގެ ހުނަރަށް ބަލައިގެން. (%43)
  • ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެ މަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހެޅޭ އެއްގަމުގެ ވެހިކަލްތަކުގެ ރޯޑްވާދިނަސްތައް ދުވަހުން ދުވަހަށް އެންޓަރކުރުން އަދި ދިމާވާ މައްސަލަތައް ހައްލުކުރުން.
  • ރާއްޖޭއަށް އިމްޕޯޓްކުރާ ހަތަރުފުރޮޅުލީ އެއްގަމުއުޅަނދު އެތެރެކުރުމުގެ ގޮތުން ހުށަހެޅޭ އުޅަނދުގެ ސެޓްފިކެޓްތަކުގެ ޞައްޙަކަން ދެނެގަތުމާއި، އެއްގަމު އުޅަނދު އެތެރެކުރުމުގެ ހުއްދަ ހަމަޖެހިފައިވާ ގަވާއިދުގެ ދަށުން ނިންމުން.
  • ރޯޑްވާދިނަސް އިންސްޕެކްޝަން ސެންޓަރުތަކާއި މި އޮތޯރިޓީއާ ދެމެދު ހެދިފައިވާ އެގްރީމަންޓްތައް ހެދުމާއި އެގްރިމެންޓްތަކުގެ މުއްދަތު އިތުރުކުރުމާއި، އަލަށް ހުއްދަދޭ ސެންޓަރުތައް އިންސްޕެކްޓްކުރުން.
  • އެއްގަމު އުޅަނދުރަޖިސްޓްރީ ހެދުމާއި ރޯޑްވާދިނަސް އައުކުރުން.

އިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)
  • ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ސިޓީއާއި ތަކެތި ބަލައިގަންނަ ކައުންޓަރުންނާއި މިއޮތޯރިޓީގެ ވެބްސައިޓް www.transport.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްތަކާއި، އެހެނިހެން ލިޔުންތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފުކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ ގުޅޭނެ ނަމްބަރު އަދި އީ-މެއިލްއެޑްރެސް ހިމަނާފައި)

ނޯޓް: މިއޮތޯރިޓީގައި ވަޒީފާ އަދާކުރާ މުވައްޒަފަކު މިމަޤާމަށް ކުރިމަތިލާނަމަ ހުށަހަޅުއްވަންޖެހޭނީ ހަމައެކަނި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

18 މޭ 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީ (ހުރަވީ ބިލްޑިންގް، އަމީރު އަޙްމަދު މަގު) އަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު  ބޭއްވޭނީ ޓްރާންސްޕޯޓް އޮތޯރިޓީ/ ހުރަވީ ބިލްޑިންގ 01 ވަނަ ފަންގިފިލާ، މާލެ

އިތުރު މަޢުލޫމާތު

  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭ 10 ފަރާތްތަކަށެވެ.
  • ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު އިންޓަރވިއުއަށް ހާޟިރުވާންޖެހޭފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަރވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން ލިޔުމުން އެންގޭނެއެވެ. އަދި އިންޓަރވިއު ފެށުމުގެ 10 މިނިޓް ކުރިން އިނގިރޭސި އަދި ދިވެހިބަހުން ސިޓީލިޔުމާއި ޢިބާރާތްކުރުމުގެ ފެންވަރު ބެލުމުގެ ޓެސްޓެއް ދެވޭނެއެވެ.
  • އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަރވިއުއަށް ހާޒިރުވާއިރު، އައި.ޑީ ކާޑުގެ އަސްލާއި ލިބިފައިވާ ތަޢުލީމާއި   ތަމްރީނުތަކުގެ ސެޓްފިކެޓްގެ އަސްލާއި ޓްރާންސްކްރިޕްޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343420/ 3343421 އެވެ. ފެކްސް ނަންބަރަކީ 3343434 އެވެ.

07 މޭ 2015
ހޯދާ