ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޤައުމީ އަރުޝީފްގެ ޗީފް ކޯޕަރޭޓް އެގްޒެކެޓިވް މަޤާމަށް މީހަކު ހޯދުން

އިޢުލާނު

 

މަޤާމް:

ޗީފް ކޯޕަރޭޓް އެގްޒެކެޓިވް  

މަޤާމުގެ ނަންބަރު:

J-388892

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ. އެކްސް. 5

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ ޖެނެރަލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޤައުމީ އަރުޝީފް

މުސާރަ:

13,890.00 ރުފިޔާ (މަހަކު)

ސަރވިސް އެލެވަންސް:

2,000.00 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލެވަންސްގެ ގޮތުގައި މަހަކު -/1500 ރުފިޔާ
  2. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 (ތިރީސްފަސް އިންސައްތަ)
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  4. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  5. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ އަންޔަން ކުރައްވާފައި ހުންނަވާ އިސްވެރިޔާ (ލީގަލް އެޕޮއިންޓީ/ޑިރެކްޓަރ ޖެނެރަލް)ގެ ލަފަޔާއި އިރުޝާދުގެ ދަށުން އޮފީހުގެ މަސައްކަތްތައް ޕްލޭންކުރުމާއި، ވިލަރެސް ކުރުމާއި، ސުޕަވައިޒްކޮށް ހިންގުން
  2. ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުން ހިންގާ ތައްރައްޤީގެ އެކިއެކި މަޝްރޫޢުތައް ރާވާ ހިންގުމާއި، އޮފީހުގެ ހިންގުމުގެ ދާއިރާ ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  3. ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ އޮނިގަނޑު މުރާޖާ ކުރުމާއި، އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އައު އޮނިގަނޑުގައި ހިމެނޭ ހުސް މަޤާމުތަކަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރުން،
  4. ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު ތަންފީޒު ކުރުމާއި، އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާޢިދުތަކާއި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރުން
  5. އޮފީހުގެ ޑިވިޜަންތަކުގެ ވެރިންނާއި މަސައްކަތް ހަވާލު ކުރުމާއި، އެމީހުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން
  6. ދިވެހިރާއްޖޭގެ ޤައުމީއަރުޝީފު ޤާއިމު ކުރުމަށް ބޭނުންވާ އެކްސްޕަރޓީސް ދެނެގަތުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމާއި، ކަމާބެހޭ މާހިރުންގެ ކޮންސަލްޓަންސީއާއި އެހީތެރިކަން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް އިސްވެރިޔާގެ އިރުޝާދުގެ ދަށުން ކުރުން
  7. ދިވެހި ދައުލަތުގެ ލިޔެކިޔުންތައް ބެލެހެއްޓުމަށް އެކުލަވާލަންޖެހޭ "ޕަބްލިކް ރިކޯޑްސް މެނޭޖްމެންޓް ޕޮލިސީ" އެކުލަވާލުމަށް ބޭނުންވާ ފަންނީ މާހިރުން ހޯދުމާއި އެފަދަ މާހިރުން މެދުވެރިކޮށް އެ ޕޮލިސީ އެކުލަވާލުމުގެ މަސައްކަތް ކުރުން
  8. ދިވެހި ދައުލަތުގެ ލިޔެކިޔުންތަކުގެ އަރުޝީފީ އަގު ކަނޑައެޅުމާބެހޭ ޕޮލިސީ އެކުލަވާލުމަށް ބޭނުންވާ ފަންނީ މާހިރުން ހޯދުމާއި އެފަދަ މާހިރުން މެދުވެރިކޮށް އެ ޕޮލިސީ އެކުލަވާލުމުގެ މަސައްކަތް ކުރުން
  9. ދިވެހި ދައުލަތުގެ ލިޔެކިޔުންތަކުގެ ލިޔެކިޔުންތައް ނައްތާލުމާބެހޭ ޕޮލިސީ އެކުލަވާލުމަށް ބޭނުންވާ ފަންނީ މާހިރުން ހޯދުމާއި އެފަދަ މާހިރުން މެދުވެރިކޮށް އެ ޕޮލިސީ އެކުލަވާލުމުގެ މަސައްކަތް ކުރުން
  10. ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުން ދިވެހި ދައުލަތުގެ އިދާރާތަކަށާއި ޢާންމު ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފޯރުކުރުމަށް ބޭނުންވާ ޕްރޮސީޖަރތަކާއި ސްޓޭންޑަރޑްތައް އެކަށައެޅުމާއި ލުއިފަސޭހަ ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނިޒާމުތައް ޤާއިމުކޮށް ހިންގައި ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  11. އަރުޝީފު ކުރެވޭ ރެކޯޑްތައް ބަލަހައްޓާނެ ގޮތުގެ އުޞޫލުތަކާއި ގައިޑްލައިންތައް އެކުލަވައި ތަންފީޛުކުރުން
  12. ޤައުމީ އަރުޝީފުގެ މުވައްޒަފުންގެ މަސައްކަތްތައް ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ދޭންޖެހޭ ތަމްރީނާއި އިރުޝާދު ދިނުމާއި، މުވައްޒަފުންގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން
  13. މުވައްޒަފުންނަށް ވަޒީފާ ދިނުމަށާއި ވަޒީފާއިން ވަކި ކުރުމަށް ސިވިލްސަރވިސް ކޮމިޝަނަށް ހުށަހަޅާ ރިކުއެސްޓްތައް އެޕްރޫވް ކުރުން
  14. މުވައްޒަފުންގެ ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް އިރުޝާދު ދިނުމާއި، އަޚުލާގީ އަދި ސުލޫކީ މިންގަނޑާ ޚިލާފުވާ މުވައްޒަފުންނަށް އަޅަންޖެހޭ ފިޔަޅުތައް އެޅުން
  15. މުވައްޒަފުންގެ ޓްރެއިނިންގ ޕްލޭން އެކުލަވާލުމާއި ތަމްފީޛު ކުރުން
  16. މެނޭޖްމަންޓް ޕްރޮސީޖަރތަކާއި އުޞޫލުތައް އެކަށައެޅުމާއި ދާއިރާގެ ސްޓްރެޓެޖީތައް ޙާސިލްކުރެވޭ މިންވަރު އެނަލައިޒްކުރުމާއި އޮފީހުގެ މަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ އޮޑިޓްތައް ކުރުމާއި އެހީތެރިވުމާއި ސްޓޭންޑާރޑްތައް ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކުރުން
  17. މުވައްޒަފުންގެ ޕާރފޯމަންސް ރިވިއުކުރުމާއި، މަސައްކަތުގެ ފެންވަރު ރަނގަޅު ކުރަމުން ގެންދާ މުވައްޒަފުންނަށް ހިއްވަރު ދިނުމާއި، މަސައްކަތުގެ ފެންވަރު ދަށްވާ މުވައްޒަފުންނަށް ވެސް ހިއްވަރުދީ އިސްލާހު ކުރުމަށް ބާރު އެޅުން
  18. ޤައުމީ އަރުޝީފުގެ އައި.ސީ.ޓީ. އާބެހޭ މަސައްކަތްތައް ޒަމާނަށް ބޭނުންވާ ފެންވަރަށް ކުރިއެރުވުމަށް މަގުދެއްކުމާއި އެކަންކަން ކުރިއަރުވާނެ ގޮތްތައް ހޯދައި އޭގެ ބޭނުން ކުރެވޭނެ މަގު ތަނަވަސްކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން
  19. އޮފީހުގެ އޮޕަރޭޝަން އެކަށިގެންވާ ގޮތަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ބައްދަލުވުންތަކާއި ބައިވެރިވުމާއި ނެގޯޝިއޭޓްކުރުމާއި އެގްރީމަންޓްކުރުމުގެ ކަންތައް ވިލަރެސްކުރުން
  20. ޤައުމީ އަރުޝީފު ތަރައްޤީކޮށް ކުރިއެކުވުމަށް ބޭނުންވާ ފަންޑް ހޯދުމަށް ޕްރްޕޯސަލްތައް ހަދައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށާއި ބޭރުގެ ފަންޑިންގ އެޖެންސީތަކަށް ހުށަހަޅައިގެން މަސައްކަތް ކުރުން
  21. އަދި މީގެ އިތުރުން އެއިރެއްގެ ހާލަތާ ގުޅޭގޮތުން އޮފީހުގެ އިސްވެރިޔާ ވިދާޅުވާ އޮފީހުގެ ރަސްމީ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަގާމުގެ ތަޢުލީމީ ރޮނގުތައް

އެޑްމިނިސްޓްރޭޝަން

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަގާމުގެ ޕްރިފަރޑް ޑިސިޕްލިންތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

މަގާމުގެ މަސައްކަތު ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)   https://www.csc.gov.mv/download/2021/51/7f22c518-63f5-44c3-a398-944ce57c1b56.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ހުށަހެޅެން ނެތް ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް  ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް  ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާ ންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުމުން (%30)
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (%5)
  3. ޕްރިފަރޑް ޑިސިޕްލިންގެ ސެޓްފިކެޓް (%5)
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (%5)
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (% 15)
  6. ޕްރެޒެންޓޭޝަން ()
  7. އިންޓަރވިއު (%30)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ޖޫން 03 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނީ 2024 ޖޫން 06 އިން 2024 ޖުލައި 08 އާ ދެމެދުއެވެ. އިމްތިހާނު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށް ގެންދެވޭނީ ސިވިލް ސަރވިސް ކޮމިޝަނުގައި ނުވަތަ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއުއަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307365 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް  ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

27 މޭ 2024
ހޯދާ