މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޟްޙާ ޢީދު ކުޅިވަރުތައް ހިންގުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު

ކެނދިކުޅުދޫގައި އަޟްޙާ ޢީދު ކުލަގަދަގޮތެއްގައި ފާހަގަކުރުމަށްޓަކައި ޢީދުކުޅިވަރުތައް ރާވާ ހިންގުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ ރަށަށް ނިސްބަތްވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ކްލަބުތަކާއި އަމިއްލަ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

މިފުރުޞަތު ހުޅުވާލުމުން ލިބޭ ޕްރޮޕޯސަލްތަކަށް ބަލާ އެންމެ ރަނގަޅު ހުށައެޅުންތަކަށް ބިނާކޮށް ޢީދުކުޅިވަރު ރާވާ ހިންގުމަށް އެފަރާތްތަކަށް އެވޯޑްކުރެވޭނެއެވެ. އީދު ކުޅިވަރު ހަރަކާތްތައް ރާވާ ހިންގުމަށް ހުށައަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ކަންތައްތަކާއި، ޕްރޮޕޯސަލް އިވެލުއޭޓްކުރުމުގައި ބަލާނެ މިންގަނޑު މި އިޢުލާނާއެކު އެއްކަރުދާސްކޮށް އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓްރީވުމަށްފަހު، 6 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކެނދިކުޅުދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމަށް ވަޑަައިގެން ޕްރޮޕޯސަލް ހުށައެޅުމަށް ދަންނަވަމެވެ.

 

ސުންގަޑި

ތަން/ލިންކު

ރަޖިސްޓްރޭޝަން

30 މެއި 2024، 13:00

އޮންލައިން ލިންކު: https://forms.office.com/r/HD9sudKsmC

ޕްރޮޕޯސަލް ހުށައެޅުން

06 ޖޫން 2024، 13:00

ކެނދި މާލަން، ކެނދިކުޅުދޫ ކައުންސިލް އިދާރާ

 

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

19    ޛުލްޤަޢިދާ     1445

27    މެއި        2024  

27 މޭ 2024
ހޯދާ