ދިވެހިރާއްޖެ
މި އިދާރާއިން ދޫކުރާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ބީ-ޒޯން ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރަކު ބޭނުންވެއެވެ. އިމްތިހާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެންވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެކެވެ. މި ފުރުސަތު ދެޖިންސުގެ މީހުންނަށްވެސްވަނީ ހުޅުވާލެވިފައެވެ.
- ބޭނުންވާ އަދަދު: 01
- ޝަރުތު:
* A A1، C3 C4 ގިންތީގެ ލައިސަންސް އޮތުން.
* ދޫކުރި ތާރީޙުންފެށިގެން މަދުވެގެން 3 އަހަރު ދުވަސްވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
* ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއް ކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
* އުމުރުން 55 އަހަރު ހަމަނުވާ މީހެއްކަމުގައިވުމާ ރަނގަޅު ސިއްޙަތެއްގައި ހުރުން.
* ޑްރައިވިންސް ސުކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހަކު ކަމުގައިނުވުމާއި، ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ޑްރައިވިންސް ސުކޫލެއްގައި މަސައްކަތްކޮށްފައިނުވުން.
- އުޖޫރަ:
* ޓެސްޓްކުރާ ކޮންމެ A A1 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ.
* އެހެނިހެން ކެޓަގަރީގެ ޓެސްޓުކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ.
ވީމާ ދެންނެވިފައިވާ ޝަރުތުތައްހަމަވާ ފަރާތްތަކުން (ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު) 03 ޖޫން 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ބަލައިގަތުން ކުރިއަށްދާނީ ހަފްތާގެ ހޯމަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 13:00 އަށެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ލިޔުންތައް ފޮނުއްވާނީ [email protected] މި އީމެއިލް އަށެވެ.
- ހުށަހަޅަންޖެހޭ ތަކެތި:
- އެދި ހުށަހަޅާ ސިޓީ
- ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ.
- ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީ.ވީ) .
- 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯރޓް.
- އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.