ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މި މިނިސްޓްރީ އަށް ސީލިންގ ބޯޑް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 މޭ 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނޭ އަގު، މުއްދަތު ، ކުންފުނީގެ ސީލް އަދި ވެރިފަރާތުގެ ސޮއި ހިމަނާފައި އޮންނަންވާނެއެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.