ދިވެހިރާއްޖެ
މިކައުންސިލުން ތަރައްޤީކުރަމުންދާ ކުޑަކުދިންގެ ޕާކުގައި ސްޓޯރރޫމެއް ހަދަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)440-EDS/440/2015/23) އިޢުލާނަށް އިޖާބަދީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، ދިގުވާނޑު އަވަށު ކުޑަކުދިންގެ ޕާކުގައި ސްޓޯރރޫމެއް ހެދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 މޭ 2015 ދުވަހުގެ 10:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 މޭ 2015 ދުވަހުގެ 10:00 ގައި މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާގެ މީޓިންގރޫމުގައެވެ. މަޢުލޫމާތު ސާފުކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ.
22 ރަޖަބު 1436