ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
މި ކޯޓުގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކުން

އިޢުލާން

 

މި ކޯޓުގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކުން

 

     މި ކޯޓުގައި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން  04 ޖޫން 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މި ކޯޓުގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 03 ޖޫން 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި ކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

     ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 04 ޖޫން 2024 ވާ އަންގާރަ  ދުވަހުގެ ހެނދުނު 10:00 އަށް މި ކޯޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

     ނީލަން ކާމިޔާބު ކުރާ ފަރާތުން  24 (ސައުވީސް) ގަޑިއިރު ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި 01 (އެކެއް) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

     މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

19 ޛުލްޤައިދަ  1445

27 މެއި 2024  

27 މޭ 2024
ހޯދާ