ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ޢީދި ސަމާ 1445 ވަނަ އަހަރުގެ "ދަންޑެހެލެ ވާދެމުން 1445" މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން
ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާ ކުރުމާއި އެކު އާއިލީ އަދި އިޖުތިމާޢީ ގުޅުން ބަދަހި ކުރުމުގެ ގޮތުން އައްޑޫ ޢީދި ސަމާ 1445 ނަމުގައި ހަރަކާތްތަކެއް ހިންގުމަށް ވަނީ އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން މިއަވަށުގައި ބާއްވާ އަންހެން ފިރިހެން ދެ ޖިންސު ވަކިން ޓީމްތައް ބައިވެރިވެވޭ " ދަންޑެހެލެ ވާދެމުން 1445" މުބާރާތުގައި އައްޑޫސިޓީގެ ހުރިހާ އަވަށްތަކަށާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، މުއައްސަސާތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވައި އެކަން އިޢުލާން ކުރަމެވެ.
ވީމާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 2024 މޭއި 30 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުންއެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ އޮންލައިން ފޯމް އަދި މުބާރާތުގެ ޤަވާއިދާއި އިތުރު މަޢުލޫމާތު ތިރީގައިމިވާ ލިންކުން ލިބިލައްވާނެއެވެ.
https://forms.gle/kTqU973N47LCGXzd8
19 ޛުލްޤަޢިދާ 1445
27 މެއި 2024