ދިވެހިރާއްޖެ
މި ކުންފުނީގެ ތިރިގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: ލޭބަރަރ ގރ 1
އަދަދު: 01
މުސާރަ: 3240.00ރ
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)
މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ 122ހއ. ހޯރަފުށި ފިހާރަ
އެހެނިހެން އިނާޔަތްތައް:
- އިތުރު އެލަވަންސް: 1350.00ރ އާއި 2400.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
- ބޯނަސް: ކުންފުނިން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އަހަރީ ބޯނަސް ދެވޭނެއެވެ.
- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕެންޝަން: ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަނަށް ހަމޖައްސައިދެވޭނެއެވެ.
- ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
- ކަސްޓަމަރުންނަށް މުދާޑެލިވަރ ކުރުމުގައި އެހީތެރިވުން.
- ޑެލިވަރ ކުރެވޭ މުދާތަކުގެ އަދަދު ޗެކްކޮށް ބެލެހެއްޓުން.
- ވޮޗަރަކުނެތް ވަގުތެއްގައި ވޮޗަރެއްގެ ޑިއުޓީ އަދާކުރުން.
- ފިހާރަ އަދި ގުދަނުގެ އެތެރެއާއި ބޭރު ފޮޅާ ސާފުކުރުން.
- ފިހާރައަށް އަންނަ ކަސްޓަމަރުންނަށް އެހީތެރިވުން އަދި މީގެ އިތުރުންވެސް ފިހާރާގައި ކުރަން ޖެހޭ އެހެނިހެން މަސައްކަތް ކުރުން.
ތަޢުލީމާއި ތަޖުރިބާ:
- ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ އިނގިރޭސި އަދި ދިވެހި ބަހުން ހުންނަ ލިޔުންތައް ލިޔަން ކިޔަން އެނގުން.
- މި ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ އެސްޓީއޯ 122 (ހއ. ހޯރަފުށި) ފިހާރައިންނާއި އަދި އެސްޓީއޯގެ ހެޑް އޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ނޯޓް:
އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. މިމަޤާމަށް މުވައްްޒަފުން ހޮވުމުގައި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަަކަށް ބެލުމަށްފަހު ޝަރަޠު ހަމަވާ އެޕްލިކޭޝަންއެއް ނުލިބިއްޖެނަމަ މަސައްކަތުގެ ތަޖުރިބާއަށާއި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެއް ހޮވޭނެއެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344272 ފެކްސް: 3344041
އެސްޓީއޯ 122 ނަންބަރ ފިހާރަ
ޣާޒީ ހިނގުން، ދެކުނު އަވަށް، ހއ. ހޯރަފުށި
ފޯން:3012655
ވެބްސައިޓް: www.stomaldives.com