މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިރާސާ 2ގެ އިންޖީނު މޭޖަރއޯވަރހޯލްކޮށްދޭނެ ފަރާތެއް ހޯދުން
ކ.ހުރާ ކައުންސިލުން ބަލަހަށްޓަމުން ގެންދާ ރައްޔިތުންގެ ފެރީދޯނި ދިރާސާ2ގެ އިންޖީނުގެ (ޔަންމާރ 250CH) މޭޖަރ އޯވަރހޯލް ކޮށްދޭނޭފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ޖޫން 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް މިކައުންސިލަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް ފޮނުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ މި އިޢުލާނާއި އެކު ހީރަސް ކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށް ބަންދުކުރެވިފައިވާ ސިޓީއުރައެއް ގައެވެ.
26 މޭ 2024
ހޯދާ