މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2024" ހިންގައިދޭނެ ފަރާތެއް ހޯދުން

މިހިނގާ 1445 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތާ ގުޅުވައިގެން "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2024" ގެ ނަމުގައި 20 ޖޫން 2024 ވަނަ ދުވަހުން ފެށިގެން 30 ޖޫން 2024 އާ ދެމެދު ކާށިދޫ ކައުންސިލްގެ ފަރާތުން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ހިންގުމަށް ހަމަޖެހިފައިވަނީ އައުޓްސޯސް ކޮށްގެންނެވެ.

         މި މުބާރާތް އިންތިޒާމުކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި ކުރެވުނު ނަންބަރު (IUL)330-B/330/2024/26 އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފީމެވެ.

         ވީމާ މި މުބާރާތް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، "ކާށިދޫ ކައުންސިލުން ބާއްވާ "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2024" އިންތިޒާމުކޮށް ހިންގުން އައުޓްސޯސްކުރުމާބެހޭ އުސޫލު"ގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މި އުޞޫލު މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. މި މުބާރާތް ހިންގުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ކާށިދޫގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް ފަދަ ރަޖިސްޓްރީކޮށްގެން ހިންގާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ހުށަހަޅާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ދިވެހި ބަހުންނެވެ. އަންދާސީ ހިސާބުގައި ތިރީގައިވާ ކަންކަމަށް ހުށަހަޅާ އަގުތައް ވަކިވަކިން ބަޔާންކުރަންވާނެއެވެ.

  1. މެޗް އެލަވަންސް ނުހިމަނައި ރެފްރީންނާއި ލައިންސްމަނުންނަށް ކުރަންޖެހޭ ޖުމްލަ ޚަރަދު (ދަތުރު ޚަރަދު، އެކޮމޮޑޭޝަން، ކެއުން އަދި އެހެން ޚަރަދެއް ވާ ނަމަ އެ ޚަރަދެއް)
  2. ރެފްރީންނަށް މެޗް އެލަވަންސްގެ ގޮތުގައި ދޭންޖެހޭ ޖުމްލަ ޢަދަދު
  3. މުބާރާތް އިންތިޒާމުކޮށް ހިންގުމަށް ކުރަންޖެހޭ އެހެނިހެން ޚަރަދު

            ވީމާ މި މުބާރާތް އިންތިޒާމުކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 މެއި 30 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

26 މޭ 2024
ހޯދާ