ފޭދޫ ސްކޫލް/ސ.ފޭދޫ
ދިވެހިރާއްޖެ
ސްކޫލުގެ ކާޕެޓް މަރާމާތު ކުރުމާ ގުޅޭ

މި ސްކޫލްގެ ގޯތިތެރޭގައި ކުދިން ކުޅޭ ސަރަހައްދުގައި އަޅާފައިވާ ކާޕެޓް ވަރަށްބޮޑަށް ހަލާކުވެފައިވާތީ އައުކާޕެޓެއް އެޅުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 މޭ 2024 އިން 05 ޖޫން 2024 ވަނަދުވަހުގެ ސްކޫލް ބަންދުވުމުގެ ކުރިން އީމެއިން މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

1-      މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

2-      ރަޖިސްޓްރީ ނަންބަރު.

3-      އީމެއިލް އެޑްރެސް.

4-      ގުޅޭނެ މޯބައިލް ނަންބަރު.

މި ޕްރޮޖެކްޓާއި ބެހޭ ހުރިހާ މައުލޫމާތެއް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ބިޑް ޑޮކިއުމެންޓްގައި ހިމަނާފައި ވާނެއެވެ. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 27 މޭ 2024 އިން 05 ޖޫން 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. ބިޑް ހުޅުވުން އޮންނާނީ 06 ޖޫން 2024 ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލްގައެވެ.

ފޭދޫ ސްކޫލް

ސ.ފޭދޫ ، އައްޑޫސިޓީ

ފޯން: 6892546

އީ-މެއިލް: [email protected]

26 މޭ 2024
ހޯދާ