ދިވެހިރާއްޖެ
އިޢުލާން
މަސްޖިދުލް މުސާވާތު މަރާމާތު ކުރާނެ ފަރާތެއް ހޯދުން
މިރަށު މަސްޖިދުލް މުސާވާތުގައި ކުރަންހުރި ބައެއް މަރާމާތުތަށް ކުރުމަށް ކޮށްފައިވާ ނަންބަރު: (IUL)365-MIM/2024/46 (06 މެއި 2024) އިޢުލާނާގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް އެކަށީގެންނުވާކަމަށް ބިޑް ކޮމިޓީއިން ނިންމާފައިވާތީ އެ އިޢުލާން ބާޠިލްކޮށް އަމިއްލަތަކެތީގައި މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 02 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލުގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް، 03 ޖޫން 2024 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން މަޢުލޫމާތު ޝީޓް މެއިލްކުރެވޭނެއެވެ.
ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ކުންފުނީ/ ޕާޓްނާޝިޕް/ ފަރުދުންގެ ވިޔަފާރި/ ކޯޕަރޭޓިވް ސޮސައިޓީ ގެ ނަން
- ރަޖިސްޓްރީ ނަމްބަރ
- އީމެއިލް އެޑްރެސް
- ގުޅޭނެ މޯބައިލް ނަމްބަރު
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މ. މުލީ ކައުންސިލްގެ އިދާރާގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިވެލުއޭޝަން ކްރައިޓީރިއާ
- މަސައްކަތުގެ އަގު: %70 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
- މުއްދަތަށް: %20 ޕޮއިންޓް (އެންމެ ކުރުމުއްދަތު ބެންޗްމާކް ކަމުގައި ބަލައިގެން)
- މަސައްކަތުގެ ތަޖުރިބާ: ޕޮއިންޓް (ތަޖުރިބާ ލިޔުމުގެ ގޮތުގައި ބަލާނީ ސަރުކާރުގެ އިދާރާއަކުން މިބާވަތުގެ މަސައްކަތްކުރިކަމަށް އެފަރާތުން ދޫކޮށްފައިވާ 20،000.00 ރުފިޔާއަށްވުރެ އަގުބޮޑު މަސައްކަތްތަކެވެ. އަދި ކޮންމެ ލިޔުމަކަށް 1 ޕޮއިންޓެވެ. މިގޮތުން އެންމެ ގިނައިންދެވޭނީ 10 ޕޮއިންޓެވެ.)
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.