ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީގެ ސިޓީ ކައުންސިލް ދަށުގައިވާ އެންމެހާ އިމާރާތްތަކުގެ އޭސީތައް އެއް އަހަރުގެ މުއްދަތަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ތިނަދޫ ސިޓީ ކައުންސިލް އިދާރާ އަދި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އެންމެހާ އިމާރާތްތަކުގައި ބޭނުންކުރާ އޭސީތައް 1 އަހަރުގެ މުއްދަތަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)415/415/2024/85 އިޢުލާންނަށް އެއްވެސް ފަރާތަކުން ބީލަން ހުށައަޅާފައި ނުވާތީ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން މިފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތުގެ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
ބީލަން ހުށަހެޅުން |
04 ޖޫން 2024 |
އަންގާރަ |
13:30 |
ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް |
15 ޛުލްޤައިދާ 1445