މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ޓީވީ ސްޓޭޝަނެއް ހޯދަން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތާއި ޚަބަރުތައް ފޯރުކޮށްދިނުމާއި، ކުންފުނީގެ އެކިއެކި ދާއިރާތަކުން ކުރެވޭ މަސައްކަތްތައް ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަދި މީގެ އިތުރުން މި ކުންފުނިން ބައިވެރިވާ އެކިއެކި އިވެންޓްތަކާއި ހަރަކާތްތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ޓީވީ ސްޓޭޝަނެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: PRC/I-2015/41-ފ113 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

13 މޭ 2015 ވާ ބުދަ ދުވަހުގެ 14:00

17 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:00

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

22 ރަޖަބު 1436

11 މޭ 2015
ހޯދާ