ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޑިރެކްޓަރ ލީގަލް

މަޤާމް

ޑިރެކްޓަރ ލީގަލް

މަޤާމުގެ ރޭންކް

L2 - A1

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް/ޔުނިޓް:

ލީގަލް

ވަޒީފާގެ ބާވަތް

ވަޒީފާ ފުރަތަމަ ހަމަޖެހިގެންދާނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ރަނގަޅުނަމަ، އެއްބަސްވުން އިތުރު އަހަރަށް އާކޮށް، ޖުމްލަ ދެ އަހަރު ދުވަސް ފުރިހަމަވުމުން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 05 ދުވަހު - ދުވާލަކު 08 ގަޑިއިރު (އާދީއްތަ – ބުރާސްފަތި)

އަސާސީ މުސާރަ

-/12,300 ރުފިޔާ

ސަރވިސް އެލަވަންސް:

-/5,000 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • ސަޕޯޓް ސަރވިސް އެލަވަންސް:  -/5,010 ރުފިޔާ
  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް ޑިޕާޓްމަންޓް ހެޑް އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހު މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހު މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 12 އަހަރު ދުވަހު މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން މަތީ ތަޢުލީމާއި ތަޖުރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
  • މީގެ އިތުރުން އަންނަނިވި ކަންކަމަށް ބެލޭނެއެވެ:-
    • މީހުންނާ މުއާމަލާތްކުރުމުގައި މަޑުމައިތިރިކަމާއި އަދަބުވެރިކަމާއި އިޚްތިރާމާއެކު މުޢާމަލާތުކުރުން.
    • ސިއްރު ހިފެހެއްޓުން.
    • މަސައްކަތްކުރުމުގައި ވަކި ފަރާތަކަށް ބުރަނުވެ، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކަންތައްތައް،  ޒިންމާދާރު ކަމާއެކު ނިންމުމުގެ ގާބިލުކަން ހުރުން.
    • މި ދާއިރާއާ ގުޅުންހުރި ހުރިހާ ޤާނޫނަކާއި ޤަވާއިދަކަށް އަހުލުވެރިވެފައިވުން.
    • ވަޒީފާގެ ޒިންމާތަކާއި ގުޅިގެން ނިންމަންޖެހޭ ކަންކަން ނިންމުމުގެ ޤާބިލްކަން ހުރުން.
    • ތަހުލީލީ އަދި ތަންޤީލީ ނަޒަރަކުން ވިސްނާ ފިކުރުކުރުމުގެ ޤާބިލުކަން ހުރުން.
    • މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ރަގަޅަށް ބޭނުންކުރަން އެނގުން.
    • ގިނަވަގުތު މަސައްކަތުގައި ހޭދަކުރުމާއި އަދި ހޭދަކުރެވޭފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
    • ހިންގުންތެރިކަމުގެ ހުނަރު ހުރުމާއި ކަންކަމުގަ ޒިންމާ ނެގޭވަރު ފަރާތެއްކަމުގައިވުން.
    • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
    • ޒަމާނީ ޓެކްނޮލޮޖީއާއި މެނޭޖްމަންޓް ބެސްޓް ޕްރެކްޓިސްތަކަށް އަހުލުވެރިވުން.
    • ލީޑަރޝިޕް ހުނަރު ހުރުން.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  • ލީގަލް ޑިޕާޓްމަންޓުގެ އެންމެހާ މަސައްކަތްތައް ކުންފުނީގެ ޢަމަލުކުރާ ޕޮލިސީތަކާއި ޕްރޮސީޖަރތަކާއި، ވާކް ޕްލޭންތަކާއި އެއްގޮތްވާގޮތުގެ މަތިން ރާވާ ހިންގާ ބެލެހެއްޓުން އަދި ކަމާގުޅޭގޮތުން މެނޭޖްމަންޓް ޓީމަށް ބޭނުންވާ މައުލޫމާތުތައް ހިއްސާކުރުން؛
  • ކުންފުނީގެ ލީގަލްއާ ގުޅޭ މަސައްކަތްތައް ރާވާ ހިންގުމުގައި ޢަމަލުކުރާނެގޮތުގެ އެސް.އޯ.ޕީތަކާއި ޕްރޮސީޖާތައް ތައްޔާރުކުރުމާއި ތަންފީޒުކުރުން؛
  • ޝަރުޢީ އަދި ޤާނޫނީ ދާއިރާ އިން ކުންފުންޏަށް ބޭނުންވާނެ ލަފާދިނުމައްޓަކައި ހަދަންޖެހޭ ދިރާސާތައް ހެދުމާއި އެފަދަކަންކަމަށް ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން؛
  • ސަރުކާރުގެ އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި، ކުންފުނިތަކާއި، ޖަމްޢިއްޔާ/ޖަމާޢަތްކުން އަންނަ ސިޓީތަކުގެ ތެރެއިން ލީގަލް ޔުނިޓުން ޖަވާބުދާރީވާންޖެހޭ އެންމެހައި ލިޔުންތަކަށް ޖަވާބުދާރީވުން؛
  • ކުންފުނީގެ ޤާނޫނަށް އިޞްލާޙެއް ގެނައުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނާއި، މެނޭޖްމަންޓުން ނިންމައިފިނަމަ އެ އިޞްލާޙެއް ހުށަހެޅުމަށް ޑިރެކްޓަރުންގެ ބޯޑަށާއި، މެނޭޖްމަންޓަށް ދޭންޖެހޭ ޤާނޫނީ ލަފާއާއި އެހީތެރިކަން ދިނުމުގެ މަސައްކަތްކުރުން؛
  • ޓެންޑަރ އިވެލުއޭޝަން ކޮމެޓީން ނިންމާ މައްސަލަތަކުގައި ޤާނޫނީގޮތުން އުފެދޭ ހުސޫމަތުތަކާބެހޭގޮތުން ޤާނޫނީ ލަފާ ބޭނުންވާ ޙާލަތްތަކުގައި، ލަފާ ދިނުމާއި އެ މަސައްކަތްކުރުވުން؛
  • ކުންފުނީގެ ޑިޕާޓްމަންޓްތައް ހިންގުމުގައި ޤާނޫނީގޮތުން ދިމާވާ މައްސަލަތަކުގައި މެނޭޖްމަންޓަށް ޤާނޫނީ ލަފާ ދިނުމާއި އަދި އެ މަސައްކަތްތައް ކުރުވުން؛
  • ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މަޝްވަރާކުރާ މައްސަލަތަކާއި ގުޅިގެން ޤާނޫނީ ލަފާ ބޭނުންވާ ޙާލަތްތަކުގައި ޑިރެކްޓަރުންގެ  ބޯޑަށް ޤާނޫނީ ލަފާ ދިނުމާއި އެ މަސައްކަތްތައް ކުރުވުން؛
  • ކުންފުނިން ތަންފީޒު ކުރަމުންދާ ހުރިހާ އެއްބަސްވުންތަކުގެ ރެޖިސްޓްރީއެއް އެކުލަވާލައި ވިލަރެސްކުރުން؛
  • އަލަށް އެކުލަވާލާ އެއްބަސްވުންތަކުގެ ޑްރާފްޓް އެކުލަވާލުމާއި، އިންޓަރނަލް ޕޮލިސީތަކުގެ ޑްރާފްޓް ޗެކްކުރުމާއި، އެލިޔުންތައް ތައްޔާރު ކުރެވިފައިވަނީ ޤާނޫނީ ހަމަތަކުގެ މަތީންކަން ކަށަވަރުކޮށް އަދި އެމަސައްކަތް ކުރުވުން؛
  • ކުންފުނީގެ ޕޮލިސީތަކާއި، އުޞޫލުތަކާއި ޚިލާފަށް ނުވަތަ އެކަމެއް ކުރުމަށް ކަނޑައެޅިފައި އޮންނަ އިޖުރާއާތުތަކާއި ޚިލާފަށް ކުރަމުންދާ ކަންކަން ފާހަގަ ކުރެވިއްޖެނަމަ އެކަންކަން އެ ޑިޕާރޓްމަންޓެއް ހިންގަން ހުންނަ ވެރިޔެއްގެ ސަމާލުކަމަށް ގެނެސް ކަމާގުޅޭ ލަފާދިނުން؛
  • ޤާނޫނުތައް ދިރާސާކޮށް ކުންފުނީގެ އިޙުތިޞާސްތަކާއި ފުށުއަރާ ކަންކަމާއި ދާއިރާތައް ދެނެގަނެ އެކަންކަން އިސްލާޙު ކުރުމަށް ކުރަންޖެހޭ ކަންކަން ރާވާ ހިންގުން؛
  • ކުންފުނީގެ އެކިއެކި ކަންކަމާއި އަދި ވިޔަފާރީގެ މުޢާމަލާތްތަކަށް ހެދޭ އެއްބަސްވުންތަކުން ކުންފުންޏަށް ލިބިދާނެ ގެއްލުންތަކާއި ހިރާސްތައް ދިރާސާކޮށް ދެނެގަނެ، މެނޭޖްމަންޓަށް ހުށަހަޅާ، އެ ނިންމާ ނިންމުންތަކާއެއްގޮތަށް އަމަލުކުރުން؛
  • ތަޙްޤީޤުކުރަންޖެހޭ މައްސަލަތައް ތަޙްޤީޤް ކުރުމަށްފަހު ތަޙްޤީޤް ރިޕޯރޓް، މެނޭޖްމަންޓަށް ހުށަހެޅުމުން އެމައްސަލަ ޝަރީޢަތަށް ނުވަތަ ކަމާބެހޭ ފަރާތަކަށް ހުށަހެޅުމަށް ނިންމައިފިނަމަ އެމައްސަލަ ޝަރީޢަތަށް ނުވަތަ ކަމާބެހޭ ފަރާތަކަށް ހުށަހެޅުމުގެ މަސައްކަތްކުރުން؛
  • ކުންފުނީގެ ފަރާތުން ޝަރުޢީ ކޯޓުތަކާއި، ޓްރައިބިއުނަލްތަކަށް ހުށަހަޅަންޖެހޭ މައްސަލަތަކުގެ ދަޢުވާ ފޯރމާއި އެއާ ގުޅޭ އެންމެހައި ލިޔުންތައް ތައްޔާރުކުރުވުމާއި ކުންފުނީގެ ފަރާތުން ވަކާލާތުކުރުމާއި އަދި އެ މަސައްކަތް ކުރުވުން؛
  • ކޯޓުތަކަށާއި އެހެނިހެން އިދާރާތަކައް ހުށަހެޅޭ މައްސަލަތަކުގައި ކުންފުނި ތަމްސީލުކުރުން؛
  • ޝަރުޢީ ކޯޓުތަކާއި، ޓްރައިބިއުނަލްތަކުގައި ކުންފުނީގެ މައްޗަށް ކުރާ ޙުކުމްތައް ތަންފީޛު ކުރުމުގައި ކަމާބެހޭ ޑިޕާރޓްމަންޓަށް ލަފާ ދިނުމާއި، އެ ޙުކުމެއް ތަންފީޒުވެ ނިމެންދެން ވިލަރެސްކުރަމުން ގެންދިއުން؛
  • ޝަރުޢީ ކޯޓުތަކާއި، ޓްރައިބިއުނަލްތަކުން ކުންފުނީގެ މައްޗަށް ކުރާ ޙުކުމްތަކުގެ ތެރެއިން އިސްތިޢުނާފް ކުރުމަށް ކުންފުނިން ނިންމާ މައްސަލަތައް އިސްތިޢުނާފް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުމާއި، އެފަދަ ޙުކުމްތައް އިސްތިޢުނާފް ކުރުން؛
  •   ކުންފުނީގެ މުވައްޒަފުންނަކީ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ފަރާތްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި، ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ހަރަކާތްތަކާއި، ކަންތައްތައް ރާވާ ހިންގުމަށްޓަކައި ކަމާގުޅުންހުރި ފަރާތްތަކާއިގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން؛
  • ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއި ދެމެދު ވެވޭ އެއްބަސްވުންތައް ތައްޔާރުކުރުމުގައި އެކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކާއެކު މަސައްކަތްކުރުމާއި އަދި އެފަރާތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުން؛
  • މެނޭޖްމަންޓުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް މެނޭޖްމަންޓްގެ އިރުޝާދުގެ މަތިން ކުރުން؛
  • ލީގަލް ޔުނިޓުގެ މުވައްޒަފުން، މަސައްކަތްތަކަށް އަހުލުވެރިކުރުވުމާއި، އެމުވައްޒަފުންގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމާއި، މަސައްކަތުގެ ފެންވަރު ބެލުމާއި، އެމުވައްޒަފުންނަށް ދޭންޖެހޭ އިރުޝާދުދީ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް، ސްޕަވައިޒްކޮށް، ބެލެހެއްޓުން؛
  • ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ނަޒާހާތްތެރިކަން ފަދަ ކަންކަން ޕްރޮމޯޓްކުރުމާއި މުވައްޒަފުންގެ ކުރިއެރުމަށާއި އިނޮވޭޓިވް ޚިޔާލުތައް ބަލައިގަންނަ ފަދަ ސިޔާސަތެއް އެކަށައެޅޭނެފަދަ މާހައުލެއް ޤާއިމްކޮށް، މަސައްކަތްކުރުން؛
  • މަސައްކަތުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގުޅިގެން މަސައްކަތްކޮށް އެދެވޭ ނަތީޖާތައް ނެރުން؛
  • ކުންފުނީގެ ފަރާތުން ރާވާ ހިންގާ އެކިއެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން؛
  • ވަޒީފާ ބަޔާނުގައިވާ މަސައްކަތްތައް ކުރުމާއި ކުންފުނީގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ މީގެ އިތުރުންވެސް ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ސާފުކޮށް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
    • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
    • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
    • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 30 މޭ 2024 ވަނަ ދުވަހުގެ މެންދުރު  12:00ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000228 ،3000207  އާއި ގުޅުއްވުން އެދެމެވެ.

23 މޭ 2024
ހޯދާ