މަޤާމް
|
ޗީފް ފައިނޭންޝިއަލް އޮފިސަރ
|
މަޤާމުގެ ރޭންކް
|
L2 - A3
|
ބޭނުންވާ ޢަދަދު:
|
01
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ، މާލެ
|
ޑިޕާޓްމަންޓް:
|
ފައިނޭންސް
|
ވަޒީފާގެ ބާވަތް
|
ވަޒީފާ ފުރަތަމަ ހަމަޖެހިގެންދާނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ރަނގަޅުނަމަ، އެއްބަސްވުން އިތުރު އަހަރަކަށް އާކޮށް، ޖުމްލަ ދެ އަހަރު ދުވަސް ފުރިހަމަވުމުން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
|
ރަސްމީ މަސައްކަތު ގަޑި
|
ހަފްތާއަކު 05 ދުވަހު - ދުވާލަކު 08 ގަޑިއިރު (އާދީއްތަ – ބުރާސްފަތި)
|
އަސާސީ މުސާރަ
|
-/14,500 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/5,000 ރުފިޔާ
|
އެހެނިހެން އެލަވަންސްތައް:
|
- ސަޕޯޓް ސަރވިސް އެލަވަންސް: -/5,010 ރުފިޔާ
- އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
- ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
- އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
- ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
- ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- މީގެ އިތުރުންވެސް ޑިޕާޓްމަންޓް ހެޑް އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހު މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހު މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 12 އަހަރު ދުވަހު މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
|
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ނުވަތަ ފައިނޭންޝަލް އެންޑް ކޯޕަރޭޓް ރިޕޯޓިންގ ދާއިރާއިން ތަޖުރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
- އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ރޮނގުން ޕްރޮފެޝަނަލް ސަނަދެއް ހާސިލްކޮށް އަދި ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއްގެ މެމްބަރެއް ކަމުގައިވުން:-
- މެންބަރ އޮފް އެސޯސިއޭޝަން އޮފް ޗަރޓަރޑް ސަރޓިފައިޑް އެކައުންޓަންޓް (ACCA)، ނުވަތަ؛
- ސަރޓިފައިޑް ޕްރެކްޓިސިންގ އެކައުންޓަންޓް (CPA)، ނުވަތަ؛
- ޗަރޓަރޑް ޕަބްލިކް އެކައުންޓަންޓްސް (CPA)، ނުވަތަ؛
- ޗަރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (CIMA)، ނުވަތަ؛
- އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސް (IFAC) ސަރޓިފައިޑް ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއްގެ މެންބަރަކު ކަމުގައިވުން.
- މީގެ އިތުރުން އަންނަނިވި ކަންކަމަށް ބެލޭނެއެވެ:-
- ކޯޕަރޭޓް ގަވަރނައިސްއަށް އަހުލުވެރިވުން.
- މާލިއްޔަތު ޤާނޫނަށް ރަނގަޅަށް އަހުލުވެރިވެފައިވުން.
- ވަޒީފާގެ ޒިންމާތަކާއި ގުޅިގެން ނިންމަންޖެހޭ ކަންކަން ނިންމުމުގެ ޤާބިލްކަން.
- ތަހުލީލީ ނަޒަރަކުން ވިސްނާ ފިކުރުކުރުމުގެ ޤާބިލުކަން.
- ފައިނޭންޝަލް އަދި މެނޭޖްމަންޓު އޮޑިޓް ކުރުމުގެ ޤާބިލުކަން.
- ރިސްކު މެނޭޖުކުރުމުގެ ޤާބިލުކަން.
- އިންޓަރނޭޝަނަލް ފައިނޭންށަލް ރިޕޯޓިންގް ސްޓޭންޑާރޑްސްގެ މަސައްކަތްތައް އެނގުން.
- ހިންގުންތެރިކަމުގެ ހުނަރުހުރުމާއި ކަންކަމުގަ ޒިންމާ ނެގޭވަރު ފަރާތެއްކަމުގައިވުން.
- އައި.އެފް.އާރ.އެސްގެ ނޮލެޖް ހުރި ފަރާތެއް ކަމުގައިވުން.
- ޒަމާނީ ޓެކްނޮލޮޖީއާއި މެނޭޖްމަންޓް ބެސްޓް ޕްރެކްޓިސްތަކަށް އަހުލުވެރިވުން.
- ލީޑަރޝިޕް ހުނަރު ހުރުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ފައިނޭންސް ޑިޕާޓްމަންޓުގެ އެންމެހާ މަސައްކަތްތައް ކުންފުނީގެ ޢަމަލުކުރާ ޕޮލިސީތަކާއި އަދި ޕްރޮސީޖަރތަކާއި، ބަޖެޓު، ވާކް ޕްލޭންތަކާއި އެއްގޮތްވާގޮތުގެ މަތިން ކުރިއަށްގެންދިއުމާއި ބެލެހެއްޓުން އަދި ކަމާގުޅޭގޮތުން މެނޭޖްމަންޓް ޓީމަށް ބޭނުންވާ ސްޓްރެޓެޖިކް ލަފާއެރުވުން؛
- ކުންފުނީގެ ފައިސާ ގެންގުޅޭނެ ގޮތްތަކާއި ހިސާބުތައް ބެލެހެއްޓުމުގައި ޢަމަލުކުރާނެގޮތުގެ އެސް.އޯ.ޕީ، ޕޮލިސީ އަދި ޕްރޮސީޖާތައް ތައްޔާރުކުރުމާއި ތަންފީޒުކުރުން؛
- އެކައުންޓިންގ އަދި ފައިނޭންޝަލް ޕޮލިސީތަކާއި، ޤަވާއިދުތަކާއި، އުސޫލުތަކާއި އެއްގޮތައް ކުންފުނީގެ އެންމެހާ މަސައްކަތްތައް ކުރިޔަށް ގެންދިއުން؛
- އެހެނިހެން ޑިޕާރޓްމަންޓްތަކާގުޅިގެން ކުރެވޭ މާލީ މުއާމަލާތްތަކުގެ އެންމެހާ މަސައްކަތްތައް، ހަރުދަނާ ނިޒާމެއްގެދަށުން ކުރެވޭނެގޮތްތައް އެކުލަވާލައި ކަނޑައެޅުމަށްފަހު، އެއާ އެއްގޮތަށް އަމަލު ކުރާގޮތް ވިލަރެސްކުރުން؛
- ކުންފުނީގެ ވިޔަފާރީގެ މުޢާމަލާތްތަކުގެ ސަބަބުން ކުންފުންޏަށް ލިބިދާނެ ގެއްލުންތައް ދިރާސާކޮށް ހޯދުމަށްފަހު، ކުންފުނީގެ މެނޭޖިން ޑައިރެކްޓަރަށް ހުށަހަޅާ، ލަފާ އެރުވުން؛
- ފައިނޭންޝިއަލް ފޯކާސްޓިންގ އަދި ބަޖެޓު މެނޭޖްކޮށް ބެލެހެއްޓުމާއެކު އެންމެހާ ފައިނޭންޝިއަލް ރިޕޯޓްތައް (އިންކަމް ސްޓޭޓްމަންޓްސް ، ޓެކްސް އަދި އެހެނިހެން ރިޕޯޓްސް ހިމެނޭހެން) އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާގޮތް ވިލަރެސްކުރުން؛
- ކުންފުނީގެ މާލީ ހާލަތާއި، މިހާރު ހުރި މައްސަލަތަކާއި، ތަކެތީގެ ދަތިކަމާއި، ކުންފުނި އޮތް ހާލަތު، އޯޑިޓް ކޮމެޓީއަށާއި، މެނޭޖިން ޑައިރެކްޓަރަށާއި، ކުންފުނީގެ ބޯޑަށް ސާފުކޮށްދިނުން؛
- މާލީހާލަތު އަބަދުވެސް މޮނިޓަރކުރަމުން ގެންދިއުމާއި، ރަނގަޅުކުރެވޭނެ ކަންތައްތައް ދެނެގަނެ އެ މަސައްކަތްތައް ކުރިއަށްގެންދިއުމާއި އަދި އެ މައުލޫމާތުތައް މެނޭޖްމަންޓަށް ހިއްސާކުރުން؛
- މާލީ އަދި ހިންގުމުގައި ހުރި ހިރާސްތަކާއި އަދި ކުރިމަތިވެދާނެ ހިރާސްތައް ދެނެގަނެ، އެކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ޕްލޭންތައް އެކަށައަޅާ، ހިރާސްތައް މެނޭޖްކުރުން؛
- ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމަށް ޑޭޓާ އެނަލައިޒް ކުރުމާއި ރިސާޗް ހެދުމުގައި މެނޭޖްމަންޓް ޓީމާގުޅިގެން މަސައްކަތްކުރުން؛
- ދުރުރާސްތާ ފައިނޭންޝަލް ޕްލޭން އެކުލަވާލުމުގައި ލަފާދިނުމާއި، ކުންފުނީގެ ޕްލޭންއާ އެއްގޮތްވާގޮތުގެ މަތީން އަހަރީ ފައިނޭންޝިއަލް އޮބްޖެކްޓިވްސްތައް ކަނޑައަޅައި އިމްޕްލިމެންޓްކުރުން؛
- ކުންފުނި ހިންގުމަށް ބޭނުންވާނެ ފައިސާ ހޯދާނެގޮތުގެ ދިރާސީ ރިޕޯޓް ތައްޔާރުކުރުމާއި، އިންވެސްޓްކުރުމަށް ކުންފުނީގެ ފަރާތުން ފައިސާ ހޯދާނެ ގޮތާއި، އެ މަރުޙަލާތަކުގެ ތަޙުލީލީ ރިޕޯޓް ތައްޔާރުކޮށް ހުށަހަޅައިދިނުން؛
- ކުންފުނިން އެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާ އާއި ޚަރަދުވާ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި އަދި ފައިސާއާއިގުޅޭ މުއާމަލާތްތައް ކުރެވެމުންދަނީ ޤާނޫނާއި ޤަވާއިދާ އަދި ކުންފުނީގެ އެންމެހާ ސިޔާސަތުތަކާ އެއްގޮތަށްތޯ ބަލާ އަމަލުކުރުމާއި ވިލަރެސްކުރުން؛
- މާލީ އަދި މިލްކިއްޔާތާގުޅޭ ކަންކަމުގައި ކުންފުނީގެ ފަރާތުން ޖަވާބުދާރީވާންޖެހޭ ފަރާތްތަކަށް ޖަވާބުދާރީވުމާއި އަދި ކަމާގުޅޭގޮތުން މެނޭޖްމަންޓަށް އެހީތެރިކަން ފޯރުކޮށްދިނުން؛
- ބެންކުތަކާއި، އިވެސްޓަރުންނާއި، މުދާ ދޫކުރާ ފަރާތްތަކާ އޮންނަ ގުޅުންތައް ރަނގަޅުކޮށް ކުންފުނީގެ އަޚްލާޤީ މިންގަނޑުގެ ތެރެއިން ނަޒާހަތްތެރިކަމާ ތެދުވެރިކަމާއެކު ދެމެހެއްޓުން؛
- ކުންފުނީގެ ޚަރަދުކުރުމުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާއި ތަރުތީބުތައް ގެނެސް، ކުންފުނީގެ ރިޒާވް އިތުރުކުރެވޭނެ މަގުތައް ތަނަވަސްކުރުން؛
- ކުންފުނީގެ މާލީ ހިސާބުތައް ވިލަރެސްކުރެވޭ ނިޒާމުގެ ތެރެއިން ކުންފުނީގެ ފަރާތުން ހިންގާ ޕްރެޖެކްޓްތަކުގެ ޚަރަދުތަކުގެ ތަފްޞީލު ދިރާސާކުރުމާއި، ވިޔަފާރީގެ މުޢާމަލާތްތައް ދިރާސާކޮށް، ޚަރަދުކުރެވޭނެ ނިޒާމް ހަރުދަނާކުރުން؛
- ކުންފުނީގެ ފައިނޭންޝިއަލް ޑޮކިއުމެންޓްސްތަކާއި ރިކޯޑްސްތައް ކުންފުނީގެ އުސޫލުތަކާއި އެއްގޮތަށް ބަލަހައްޓަމުން ގެންދިއުމާއި އަދި ގެންދާގޮތް ވިލަރެސްކުރުން؛
- ސަރުކާރުގެ އިދާރާތަކާއި މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅަންޖެހޭ އަހަރީ، ކުއާޓަރލީ އަދި މަހުންމަހައް ތައްޔާރުކުރަންޖެހޭ ފައިނޭންޝިއަލް ރިޕޯޓުތައް ފަދަ އެންމެހާ ފައިނޭންޝިއަލް ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުމާއި، ހުށަހެޅުމުގެ މަސައްކަތްކުރުމާއި އެމަސައްކަތް ވިލަރެސްކުރުން؛
- ކުންފުނިން ކުރިއަށްގެންދާ އެންމެހާ ހަރަކާތްތަކުގެ ހިސާބުތައް ބެލެހެއްޓުމާއި، ހަރަކާތްތަކުގެ ޚަރަދުތައް ކުރިއަށްގެންދެވެނީ ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިންކަން ޔަޤީންކޮށް ރިކޯޑްސް ބެލެހެއްޓުން؛
- މި ކުންފުނީގެ އެކްސްޓަރނަލް އަދި އިންޓާނަލް އޮޑިޓް ޤަވާއިދުން އަހަރުން އަހަރަށް ކުރިއަށް ގެންގޮސް ނިންމުމުގައި ކުރަންޖެހޭ މަސައްކަތްތައް މެނޭޖްކުރުމާއި މޮނިޓަރކުރުން އަދި އެފަރާތްތަކަށް އެއްބާރުލުން ދިނުމާއި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން؛
- އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓުގައި ފާހަގަކުރެވޭ ކަންކަން އިސްލާޙުކުރުމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލައި، ހަރުދަނާ ފޮލޯއަޕް ނިޒާމްއެއް ޤާއިމްކޮށް، އެއާއެއްގޮތަށް އަމަލުކުރުން؛
- ބަޖެޓް ފައިސާއާއި، ޚިދުމަތްތަކާއި ތަކެތި ހޯދުމުގެ އެންމެހައި މަސައްކަތްތައް، ކުންފުނީގައި ކަނޑައަޅައިފައިވާ ސިޔާސަތުތަކާ އެއްގޮތަށް އަދި ޕީސީބީ އާއި މާލީ ވުޒާރާއިން ދެއްވާ ލަފާފުޅާ އެއްގޮތަށް ޢަމަލުކުރުމާއި އަދި އަމަލުކޮށްފައިވާ ގޮތް ބަލައި ފައިނޭންޝިއަލް ރިޕޯޓްތައް ތައްޔާރުކޮށް މެނޭޖިންގ ޑިރެކްޓަރަށް ހުށަހެޅުން؛
- އިންޓަރނަލް އަދި އެކްސްޓަރނަލް ސްޓޭކް ހޯލްޑަރުންނާއި އެދެވޭ ގުޅުމެއް ބޭއްވުމާއި ގުޅިގެން މަސައްކަތްކުރުން؛
- ފައިނޭންސް ޑިޕާޓްމެންޓުގެ މުވައްޒަފުން މަސައްކަތައް އަހުލުވެރިކުރުމާއި، އެމުވައްޒަފުންގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމާއި، މަސައްކަތުގެ ފެންވަރު ބެލުމާއި، އެމުވައްޒަފުންނަށް ދޭންޖެހޭ އިރުޝާދުދީ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް، ސްޕަވައިޒްކޮށް، ބެލެހެއްޓުން؛
- ތެދުވެރިކަމާއި، ނަޒާހާތްތެރިކަން ފަދަ ކަންކަން ޕްރޮމޯޓްކުރުމާއި މުވައްޒަފުންގެ ކުރިއެރުމަށާއި އިނޮވޭޓިވް ޚިޔާލުތައް ބަލައިގަންނަ ފަދަ ސިޔާސަތެއް ކުންފުނީގައި އެކަށައެޅޭނެފަދަ މާހައުލެއް ޤާއިމްކުރުން؛
- މަސައްކަތުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގުޅިގެން މަސައްކަތްކޮށް އެދެވޭ ނަތީޖާތައް ނެރުން؛
- ކުންފުނީގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން؛
- ވަޒީފާ ބަޔާނުގައިވާ މަސައްކަތްތައް ކުރުމާއި ކުންފުނީގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ މީގެ އިތުރުންވެސް ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ސާފުކޮށް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ؛
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
|
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
|
- މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 30 މޭ 2024 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000228 ،3000207 އާއި ގުޅުއްވުން އެދެމެވެ.
|