މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަށައިގެންވާ ބޮޑުމަގުގައި ބައްތި ޖެހުމަށް

ތުޅާދޫގައި މިހާރު މީހުން ދިރިއުޅޭ ސަރަޙައްދުގެ ވަށައިގެންވާ ބޮޑުމަގު "އަންނި މަގު" ގައި ބައްތި ޖެހުމަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

- 33 ބައްތިދަނޑި (ސިންގަލް އާރމް) އޮކްޓަގޯނަލް (އައްއަރި) ޕޯލް ނޯމިނަލް މައުންޓިނގ ހެއިޓް (06 މީޓަރ)

- 33 ސްޓްރީޓް ލައިޓް (ހޯމް ވައިޓް ޕްލޮރިސެންޓް 3000 ކެލްކިން ވެދަރ ޕްރޫޕް، ވޯޓަރ ޕްރޫފް) ޕޮލިކާބޮނޭޓް ނުވަތަ ޕީ. ވީ. ސީ ހައުސިން

- 1000 މީޓަރ ކޭބަލް (2.5 ސްކެއަރ އެމް. އެމް ކޮޕަރ) ޑަބަލް އިންސްލޭޓް (މެލޭޝިޔާ، ސިންގަޕޫރު ނުވަތަ ޖަޕާނު) (CU/PVC/PVC

- 16 ޑިސްޓްރިބިއުޝަން ފޮށި (500x600x200 މިލިމީޓަރ) GRP ވެދަރ ޕްރޫޕް ވޯޓަރ ޕްރޫފް (ބެކް ޕްލެޓާ، ޑިންރެއިލާއެކު)

- 16 މީޓަރ އޮސާކީޖަޕާން (ސިންގަލްފޭސް) 05 އެމްޕިޔަރުން ފެށޭ

- 16 އީ. އެލް. ސީ. ބީ 40 އެމްޕިޔަރުގެ 02 ޕޯލް (0.03 amps ހެގަރ)

- 16 އެމް. ސީ. ބީ 32 އެމްޕިޔަރު (ސިންގަލްޕޯލް ހެގަރ)

- 16 ސަރކިޓް 16 އެމްޕިޔަރ (ސިންގަލްޕޯލް ހެގަރ)

- 33 އެމް. ސީ. ބީ 06 އެމްޕޔަރ (ސިންގަލްޕޯލް ހެގަރ)

- 16 ޓައިމަރ (24 އަވަރޒް) (ސިންގަލްޕޯލް ހެގަރ)

- 16 ކޮންޓެކްޓަރ 40 އެމްޕިޔަރ (2 ޕޯލް ހެގަރ)

- 02 މީޓަރ އިންސިލޭޓެޑް ޕްރޮންގ ބަސްބަރ

- 10 މީޓަރ ފްލެކްސިބްލް ކޭބަލް 16 ސްކެއަރ އެމް. އެމް

- 132 ލެވެލް ނަޓް

- 132 ލޮކް ނަޓް

- 132 ޖޭ ބޯލްޓް

- 264 ވަސަރު

  • ޕޮއިންޓް ދެވޭނެ އުސޫލު

މާކްސް ދެވޭ

ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްޟީލް

ފޯމިއުލާ

އަގު

80%

- މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ.

Benchmark price/submitted price) x Allocated Percentage

މުއްދަތު

10%

- މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރުމުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއްގައި ތަކެތި ފޯރުކޮށްދޭ ފަރާތަކަށެވެ.

(Submitted Year of Experience/Bench mark year) x Allocated Percentage

ތަޖުރިބާ

5%

- މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖްރިބާގެ (އެފަދަ މަސައްކަތް ކޮށްފައިވާކަން ސާބިތުކޮށްދެވޭ ހެކިތަކާއެކު) މުއްދަތުގެ ތެރެއިން އެންމެ ދިގު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % ބަހާލައިގެންނެވެ.

(Profile marks /Bench mark profile marks) x Allocated Percentage

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 މޭ 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6600006 މިނަންބަރާ ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި ފޮނުވާ ފަރާތްތަކަށް މަޢުލޫމާތު ދެވޭނީ މަޢުލޫމާތު ސާފުކުރާ ފަރާތުގެ ލިޔުމެއް ހުށަހެޅުއްވުމުންނެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިކައުންސިލްގެ މީޓިންރޫމުގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

17 ރަޖަބު 1436

06 މޭ 2015
ހޯދާ