ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު

ތިރީގައި ބަޔާންކުރެވިފައިމިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 މެއި 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ކޯޓޭޝަން ހުށައެޅުމަށް ދަންނަވަމެވެ. ކޯޓޭޝަން ހުށައަޅާއިރު ކޮންމެ މަސައްކަތަށް ވަކިން އަގު ޖެއްސެވުމަށް ދަންނަވަމެވެ. ވީމާ، މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅާގެން މައުލޫމާތު ސާފުކުރުމަށް ދަންނަވަމެވެ.

1-      ފުޓްބޯޅަ ދަނޑު ޗޭންޖިންރޫމްގެ ދެކޮޓަރީގެ ފާޚާނާއިގެ މުށިތައްތަޅާނަގައި މުށިބަދަލުކުރުމާއި މުށިނުޖެހިހުރި ތަންތަނުގައި މުށިޖެހުން، ތަޅުމުގައި ޖަހަންވާނީ 2 × 2 ފޫޓްގެ ހުދުކުލައިގެ މުއްޓެވެ. އަދި ބިތުގައި ޖަހަންވާނީ 2 × 1 ފޫޓްގެ ހުދުކުލައިގެ މުއްޓެވެ.

ފާޚާނައިގެ ދިގުމިން: 7 ފޫޓް 7 އިންޗި

ފާޚާނައިގެ ފުޅާމިން: 3 ފޫޓް 3 އިންޗި

ފާޚާނައިގެ އުސްމިން: 9 ފޫތް 10 އިންޗި

2-      ފުޓްބޯޅަ ދަނޑު ޗޭންޖިންރޫމްގައިހުރި ގުދަނުގައި 2 × 2 ފޫޓްގެ ހުދުކުލައިގެ މުށިޖެހުމާއި ގުދަނުގެ ދެކުނުފަރާތުގައި، ފުޅާމިނުގައި  3 ފޫޓް 2 އިންޗި އަދި އުސްމިނުގައި 2 ފޫޓްބައި ހުންނާނެހެން ކޮންކުރީޓް ޝީޓެއްއަޅައި ޝީޓުމަތީގައި މުށިޖެހުން އަދި ހުދުކުލައިގެ ކަބަޑް ފިލައިން އެތެރޭގައި 1 ފޫޓްބައިން ޝެލްފެއްހަދައި ބޭރުގައި ހުދު ކަބަޑު ފިލައިން މެދުން ބަހާލައި ދެދޮރުފަތް ހަރުކުރުން،

ގުދަނުގެ ދިގުމިން: 12 ފޫޓް 2 އިންޗި

ގުދަނުގެ ފުޅާމިން: 3 ފޫޓް 2 އިންޗި

3-      ފުޓްބޯޅަ ދަނޑުގެ ޗޭންޖިންރޫމްގެ ފާޚާނަ ސެޓް ބަދަލްކުރުމާއި ދެކުނު ފަރާތު ފާޚާނައިގެ ފެންލީކްވާތަންހޯދައި އެކަމަށް ހައްލެއްގެނައުން،

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

23 މޭ 2024
ހޯދާ