ދިވެހިރާއްޖެ
ދ.ހުޅުދެލީ ކައުންސިލްގެ ފަރާތުން 2024 ޖޫން 21 ވަނަ ދުވަހު "ދ.ހުޅުދެލީ ކައުންސިލް،ސަންސިޔާމްކެއަރ ފުޓްސަލް މުބާރާތް 2024" ގެ ނަމުގައި މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ޓީމުތައް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވުމަށްފަހު ޖޫން މަހުގެ 06 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ޓީމް ލިސްޓް ޖޫން 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް ހުށަހަޅާ ފޯމާއި މުބާރާތުގެ ޤަވާއިދު ގެޒެޓްގައި އެއްކަރުދާސްކުރެވިފައިވާނެއެވެ. އަދި ހުޅުދެލީ ކައުންސިލްގެ އިދާރާއިން ވެސް ލިބިލައްވާނެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.