ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރާސީ އައު އަހަރު (2024/2025) ގައި ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމާއި ގުޅޭ

ދިރާސީ އައު އަހަރު (2024/2025) ގައި ނާސަރީ އަދި ބޭބީ ނާސަރީ ކުލާސްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ވީމާ، ނާސަރީ އަދި ބޭބީނާސަރީ ކުލާސްތަކަށް އަލަށް ދަރިވަރުން ވެއްދުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން މިއިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ 9:00 އިން 14:00  މިއިދާރާއިން ލިބެންހުންނާނެއެވެ.  އަދި މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ފޯންނަންބަރު 7980047/6780041  ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރުމަށް ދަންނަވަމެވެ. 

ބޭބީ ނާސަރީ އާއި ނާސަރީ އަށް ކުދިން ވައްދާނީ 2023 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހަށް ތިރީގައިވާ ގޮތަށް އަހަރު ހަމަވާ ކުދިންނެވެ.

 

ގްރޭޑް

ޢުމުރު

ބޭބީ ނާސަރީ

2 އަހަރުފުރި 3 އަހަރު ނުފުރޭ ކުދިން

ނާސަރީ

3 އަހަރުފުރި 5 އަހަރު ނުފުރޭ ކުދިން

ނޯޓް: ބެލެނިވެރިޔާ ބޭނުންފުޅުވާނަމަ 31 މާރިޗް 2024 އަށް 2 އަހަރު ފުރޭ ކުދިން ބޭބީ ނާސަރީއަށް އަދި 2024 މާރިޗް 31 އަށް 03 އަހަރު ފުރޭ ކުދިން ނާސަރީއަށް ވެއްދުމުގެ ފުރުސަތު އޮންނާނެއެވެ.

ބޭބީ ނާސަރީއިން ނާސަރީއަށް ބަދަލުވާ ކުދިން އަލުން ފޯމް ހުށައަޅަން ނުޖެހޭނެއެވެ.

23 މޭ 2024
ހޯދާ