ދިވެހިރާއްޖެ
ގައްދޫގައި މާރުވާ މީހުންގެ ޖަނާޒާގެ ކަންކަން ކޮށްދޭނެ ފަރާތްތަށް (ވަގުތީ) / ވޭޖް އުޞޫލުން ހޯދުމަށް އެދި ކުރި އިޢުލާން ނަންބަރ: (IUL)419-CAA/419/2024/46 އިސްލާޙް ކުރުން
ގައްދޫގައި މާރުވާ މީހުންގެ ޖަނާޒާގެ ކަންކަން ކޮށްދޭނެ ފަރާތްތަށް (ވަގުތީ) / ވޭޖް އުޞޫލުން ހޯދަން ބޭނުންވެއްޖެއެވެ.
މަޤާމް: ޖަމާޢަތްތެރިން (ވަގުތީ / ވޭޖް އުޞޫލުން)
އުޖޫރަ:
- ހިނަވާ ކަފުންކުރާ މީހުން: ހިނަވާ ކަފުންކުރާ ކޮންމެ މައްޔިތަކަށް 300/-
- ހިނަވާމީހާގެ އެހީތެރިޔާ: ހިނަވާ ކަފުންކުރާ ކޮންމެ މައްޔިތަކަށް 250/-
- ކަށުނަމާދު ކުރާ މީހާ: ކޮންމެ މައްޔިތަކަށް 200/-
- ވަޅުކޮންނަ މީހާ: ކޮންމެ މައްޔިތަކަށް 350/-
- ވަޅުކޮންނަ މީހާގެ އެހީތެރިޔާ: ކޮންމެ މައްޔިތަކަށް 350/-
ޝަރުތު:
ހިނަވާ ކަފުންކުރާ މީހުން: ކަށުކަމާކެމީގެ ކޯސްފުރިހަމަކޮށް ހިނަވާ ކަފުން ކުރުމުގެ ހުއްދަ ލިބިފައިވާ ސަނަދެއް އޮތުން
ހިނަވާމީހާގެ އެހީތެރިޔާ: ކަށުކަމާކެމީގެ ކޯސްފުރިހަމަކޮށްފައިވުން
ވަޅުކޮންނަ މީހާ / ވަޅުކޮންނަ މީހާގެ އެހީތެރިޔާ: ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ނުވަތަ ޤާބިލުކަން ލިބިފައިވުން
މަޤާމުގެ މަސްއޫލިއްޔަތު:
- ގައްދޫގައި މަރުވާ މީހުން އެމީހުންގެ އާއިލާގެ މީހުން އެދޭގޮތެއްގެ މަތިން ހިނަވާ ކަފުންކުރުމާއި އެކު ކަށުނަމާދުކޮށް ވަޅުލުން
ވަޒީފާއަށް ޤާބިލް ފަރާތްތައް ހޯދުމަށް ބެލޭނެ ކަންތައްތައް:
- · ކަމާއި ގުޅުންހުރި ދާއިރާއިން ހޯދާފައިވާ ސަނަދުތަކާއި ލިބިފައިވާ ތަޖްރިބާއާއި ހުނަރާއި ޤާބިލުކަމަށް ބެލޭނެއެވެ.
ވަޒީފާއަށް އެދި ހުށައަޅާ ލިޔުންތައް:
- ވަޒީފާއަށް އެދި ހުށައަޅާ ސިޓީ
- ލިބިފައިވާ ސަނަދު، ސެޓިފިކެޓްތަކުގެ ކޮޕީ
- އައިޑީ ކާރޑް ކޮޕީ
ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޖޫން 2024 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ކުރިން ވަޒީފާއަށް އެދި މިއިދާރާއަށް ސިޓީ ހުށައެޅުންވުން އެދެމެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް 778779 ނުވަތަ 6840003 މި ނަންބަރަށް ގުޅުންވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.