ދިވެހިރާއްޖެ
ދެވަނަ ޔޫ.ޕީ އިންޓަރނޭޝަނަލް ޓްރޭޑް ޝޯ (ޔޫ.ޕީ.އައި.ޓީ.އެސް) 25 ސެޕްޓެމްބަރ 2024 އިން 29 ސެޕްޓެމްބަރ 2024 އަށް، އިންޑިއާ އެކްސްޕޯ ސެންޓަރ އެންޑް މާޓް، ގްރޭޓަރ ނޮއިދާ، އުއްތަރް ޕްރަދޭޝްގައި، ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަން، އިންޑިއާ ސަރުކާރުން ވަނީ މި މިނިސްޓްރީއަށް އަންގަވާފައެވެ.
މި އެކްސްޕޯއަކީ ވިޔަފާރިއާއި އިންވެސްޓްމަންޓް ދާއިރާއިން ވިޔަފާރިވެރިންގެ ގުޅުން ބަދަހިކުރަން ލިބޭ ފުރުޞަތެއްކަން ފާހަގަކުރަމެވެ.
މި ބިޒްނަސް އެކްސްޕޯގައި، އިންޓަރނޭޝަނަލް ޓްރޭޑްގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް، ބައިވެރިވުމުގެ ފުރުޞަތު އޮތްކަން މި މިނިސްޓްރީއަށް އަންގާފައި ވާތީ، މި ބިޒްނަސް އެކްސްޕޯގައި، ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން، މި އިވެންޓްގެ ޕްލެޓްފޯމް https://upinternationaltradeshow.com/enquire-now މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދި ދެންނެވީމެވެ.