އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންބޮޑުވާ ބައެއް ސަރަޙައްދުތަކުގައި ފެންހިންދާ ނިޒާމުތަކެއް ގާއިމްކުރުން:

މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މި ރަށު ބައެއް މަގުތަކުގައި ފެންހިންދާ ނިޒާމުތަކެއް ގާއިމްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ  ޢަމަލީ މަސައްކަތްކުރާ      ފަރާތްތަކުގެ   ޤަވާޢިދު         ނަންބަރު:  2019/R-1019" ގައިވާގޮތުގެމަތީން، ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2024 މެއި 23 އިން 2024 ޖޫން 01 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް މި ކައުންސިލްގެ  [email protected]  އަށް އީމެއިލް ނުވަތަ ރަސްމީގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. އީމެއިލް މެދުވެރިކޮށް ނަންނޯޓްކުރަން ހުށަހަޅާފަރާތްތަކުން ތަނުގެ ނަމާއި ވެރިފަރާތުގެ ނަމާއި ފޯނުނަންބަރު ހިމަނައިގެން ހުށަހެޅުމަށް ސަމާލުކަން ދެއްވުން އެދެމެވެ. މި މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ. މި ބިޑްޑޮކިއުމަންޓުގެ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ އަދި މަސައްކަތުގެ މަޢުލޫމާތުތަކާއި އިރުޝާދުތައް ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މަތީގައިވާ މެއިލަށް 2024 ޖޫން 01 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޮނުވުމުން ޖަވާބު ފޮނުވޭނެއެވެ.

މި މަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ 2024 މެއި 28 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ. އަދި  ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2024 ޖުން 02 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ.

23 މޭ 2024
ހޯދާ