މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލޯންޗެއް ހޯދަން
މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް ލޯންޗެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު IUL)14-A3/1/2015/29) އިޢުލާނަށް މަޢުލޫމާތު ސާފުކުރަން އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 19 މޭ 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.
18 ރަޖަބު 1436
07 މޭ 2015
ހޯދާ