ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުގޯތި ސާފުކުރުމަށް އެންގުން

އިޢުލާން

            ތިރީގައިވާ ގޯތި ތަކަކީ ތިނަދޫގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް ކަމުގައި ވިޔަސް މި ގޯތި ތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ސާފު ނުކޮށް އިންފާރު ނުރާނާ ވަރަށް ބޮޑަށް ވާވެފައިވާ ގޯތިތަކެއް ކަމުން މި ގޯތިތައް ވައުވެ އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް މި ގޯތިތަކުގެ ސަބަބުން އުދަނގޫ ވެގެން މި ކަމުގެ ޝަކުވާ މި ކައުންސިލަށް ކުރަމުން އެބަ ގެންދެއެވެ. ވުމާއެކު މި ގޯތިތަކުގެ ވިނަ ނޮޅައި ގޯތި ސާފުކޮށް އިންފާރުރާނާ ބޭއްވުމަށް މި ގޯތިތައް ހަވާލު ކޮށްފައިވާ ފަރާތްތަކަށް އަންގަމެވެ. އަދި މިއަދު 23 މެއި 2024 އިން ފެށިގެން 07 ދުވަހުގެ ތެރޭގައި މި ގޯތިތައް ސާފު ނުކޮށްފިނަމަ ތިޔަ ފަރާތުން މި ގޯތިތައް ވަކިކުރުމުގެ ޢަމަލީ މަސައްކަތްތައް މި ކައުންސިލުން ކުރާނެ ވާހަކަ ވެސް ދަންނަވަމެވެ. މި ދެންނެވި ގޯތިތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

ބްލޮކް ނަމްބަރ X-21

ގޯތީގެ ނަމްބަރ

ގޯތި ދޫކޮށްފައިވާ ފަރާތުގެ ނަން

ގޯތި ދޫކޮށްފައިވާ ފަރާތުގެ ދާއިމީ އެޑްރެސް

ގޯތީގެ ނަން

X-21/01

ރަޒީނާ ހަސަން

ލިލީ އޮފްދަ ވެލީ / ގދ.ތިނަދޫ

ލިލީމޫ

X-21/02

ޒަޢީމާ މުހައްމަދު

ދިއްލަގީ / ގދ. ތިނަދޫ

ޒޫމް

 

23 މޭ 2024
ހޯދާ