ދިވެހިރާއްޖެ
އިޢުލާން
ތިރީގައިވާ ގޯއްޗަކީ ތިނަދޫގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް ކަމުގައި ވިޔަސް މި ގޯތީގެ ދެކުނުފަރާތަށް ވާގޮތަށްވާ 2500 އަކަފޫޓަކީ ގިނަ ދުވަސްތަކެއް ވަންދެން ސާފު ނުކޮށް އިންފާރު ނުރާނާ ވަރަށް ބޮޑަށް ވާވެފައިވާ ގޯތިތަކެއް ކަމުން މި ގޯތިތައް ވައުވެ އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް މި ގޯތިތަކުގެ ސަބަބުން އުދަނގޫ ވެގެން މި ކަމުގެ ޝަކުވާ މި ކައުންސިލަށް ކުރަމުން އެބަ ގެންދެއެވެ. ވުމާއެކު މި ގޯތިތަކުގެ ވިނަ ނޮޅައި ގޯތި ސާފުކޮށް އިންފާރުރާނާ ބޭއްވުމަށް މި ގޯތިތައް ހަވާލު ކޮށްފައިވާ ފަރާތްތަކަށް އަންގަމެވެ. އަދި މިއަދު 23 މެއި 2024 އިން ފެށިގެން 07 ދުވަހުގެ ތެރޭގައި މި ގޯތިތައް ސާފު ނުކޮށްފިނަމަ ތިޔަ ފަރާތުން މި ގޯތިތައް ވަކިކުރުމުގެ ޢަމަލީ މަސައްކަތްތައް މި ކައުންސިލުން ކުރާނެ ވާހަކަ ވެސް ދަންނަވަމެވެ. މި ދެންނެވި ގޯތިތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
ބްލޮކް ނަމްބަރ X-16
ގޯތީގެ ނަމްބަރ |
ގޯތި ދޫކޮށްފައިވާ ފަރާތުގެ ނަން |
ގޯތި ދޫކޮށްފައިވާ ފަރާތުގެ ދާއިމީ އެޑްރެސް |
ގޯތީގެ ނަން |
X-16/01 |
އަހުމަދު ހުސައިން |
ރަންއަވި / ގދ.ތިނަދޫ |
ރަންއަވި |
މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެއެވެ.