ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ފަހަރުގެ ދަފްތަރު އެކުލަވާލުމާ ގުޅޭ

ޤާނޫން ނަންބަރު 5/2019 (އެއްގަމު ދަތުރު ފަތުރުގެ ޤާނުނު ) ގެ 15 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، މިރަށުގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދުތަކާބެހޭ ދަފްތަރެއް އެކުލަވާލައި އެއުޅަނދުފަހަރާބެހޭ މަޢުލޫމާތު ބެލެހެއްޓުމަކީ މި ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލާޒިމްކުރާ ކަމެކެވެ. އެހެންކަމުން މިރަށުގައި ރަޖިސްޓްރީ ކޮށްގެން އެއްގަމުގައި ދުއްވާ ހުރިހާ ބާވަތެއްގެ އުޅަނދު ފަހަރުގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ.

                ވީމާ، މި ދަފްރަތު އެކުލަވާލުމަށްޓަކައި މިރަށުގައި ރަޖިސްޓްރީ ކޮށްގެން އެއްގަމުގައި ދުއްވާ ހުރިހާ ބާވަތެއްގެ އުޅަނދު ފަހަރުގެ ވެރި ފަރާތްތަކުން 30 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އެ އުޅަނދެއް މި ކައުންސިލްގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ. އުޅަނދު ފަހަރު ރަޖިސްޓްރީ ކުރުމަށްޓަކައި، އެއުޅަނދެއްގެ ރަޖިސްޓްރީ ކޮޕީއާއި ވެރިފަރާތުގެ އައިޑީ ކާޑް ކޮޕީ ހުށައެޅުމަށް ދަންނަވަމެވެ. މެއިލް ކުރައްވާނަމަ ކައުންސިލްގެ މެއިލް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.                                                                                  

                     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 މޭ 2024
ހޯދާ