ދިވެހިރާއްޖެ
އިޢުލާން
ރަށުގެ އެކި ސަރަޙައްދުތައް ސާފުކުރުމަށްފަހު ހުންނަ ގަލާއި، ކޮންކްރިޓްގަނޑު އަދި އިންފާރާއި އިމާރާތް ތެޅުމަށްފަހު އުފެދޭ ގަލާއި ގާކުނޑި އަދި ސިމެންތި ޓިނާއި ތަށިމުށި އެޅުމަށް ވަކި ޙާއްސަ ސަރަޙައްދެއް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. ވީމާ، މިފަދަ ބާވަތުގެ ގާކުނޑި އަޅަން ބޭނުންވާ ފަރާތްތަކުން ރަށުގެ ދެކުނު އެމް.ޓީ.ސީ.ސީ ސައިޓްގެ ނިމޭ ހިސާބު ބޭރުތޮށި ކައިރިއަށް ގެންގޮސް އެޅުން އެދެމެވެ. މިގޮތަށް އަޅަންވާނީ ކައުންސިލްގެ މުވައްޒަފެއްގެ އިރުޝާދުގެ ދަށުންނެވެ. އަދި މިހާރު ގާކުނޑި އަޅާ ސަރަޙައްދު ކަމުގައިވާ މަސްމާރުކޭޓްގެ ހުޅަނގު ފަރާތާއި އަދި އެހެން ސަރަޙައްދަކަށް ގަލާއި ގާކުނޑި އަދި އެހެނިހެން ކުނި އެޅުމަކީ މަނާކަމެއް ކަމުގައި ދެންނެވީމެވެ. ކައުންސިލުން ގާކުނޑި އެޅުމަށް ކަނޑައެޅިފައިވާ ސަރަޙައްދު ފިޔަވާ އެހެނިހެން ތަންތަނަށް ކުނިއަޅާ ފަރާތްކަށް ''ކުނި އުކާލުމާއި ކުނި ނައްތާލުމާ ބެހޭ ގަވާއިދު '' ގެ ނަންބަރު 2014/R-217 ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމެވެ.
ގާކުނޑި އުކޭނެ ގަޑިތައް ތިރީގައި އެވަނީއެވެ. ރަސްމީ ދުވަސްތައް- ހެނދުނު 8:30 ން ހަވީރު 17:00 ހަމައަށް ނުރަސްމީ ދުވަސްތައް- މެންދުރު 2:30 ން ހަވީރު 17:00 ހަމައަށް
|
ވީމާ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
14 ޛުލްޤައިދާ 1445
22 މެއި 2024