ދިވެހިރާއްޖެ
މިކައުންސިލުން ތަރައްޤީކުރަމުންދާ ކުޑަކުދިންގެ ޕާކަށް ބައެއް ތަކެތި ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)440-EDS/440/2015/22) އިޢުލާނަށް އިޖާބަދީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، ދިގުވާނޑު އަވަށުގެ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ތަކެތި ހޯދުމަށް އެދި އަލުން އިޢުލާންކުރަމެވެ.
ވީމާ، މިތަކެތި މިކައުންސިލަށް ފޯރުކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 މޭ 2015 ދުވަހުގެ 09:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 މޭ 2015 ދުވަހުގެ 09:00 ގައި މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާގެ މީޓިންގރޫމުގައެވެ. މަޢުލޫމާތު ސާފުކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ.
22 ރަޖަބު 1436