ދިވެހިރާއްޖެ
އިޢުލާން ނަންބަރ: GS-26/IUL/2024/18
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި މަރުކަޒުގެ ލެބޯޓްރީގައި ކަބަނޑު ތައްޔާރުކޮށް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަށް ބޭނުންވެއްޖެ
ލެބޯޓްރީގައި ކަބަނޑު ތައްޔާރުކޮށް ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން (ޕްރޮޕޯސަލް) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ތާވަލާއި އެއްގޮތަށް ރަޖިސްޓްރީވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
1 |
ރަޖިސްޓްރީވުން |
29 މޭ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް މި ސްކޫލަށް ދުރުވެ ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. - ނަންނޯޓް ކުރައްވާ ފަރާތްތަކުން ސަބްޖެކްޓްގައި އިޢުލާން ނަންބަރ ޖެއްސެވުމަށްފަހު މެއިލްގައި ބިޑް ހުށަހަޅާ ފަރާތުގެ/ކުންފުނީގެ ނަން، ފޯން ނަންބަރ، އީމެއިލް އެޑްރެސް ލިޔުއްވުމަށްފަހު މި ބިޑްގައި ބައިވެރިވާން އެދޭކަން ލިޔުއްވުން އެދެމެވެ. |
2 |
މަޢުލޫމާތު ސާފުކުރުން |
މަޢުލޫމާތު ސާފުކުރުން އޮންނާނީ 30 މޭ 2024 ވާ ބުރާސްފަތި ދުވަހު 11:00ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ. |
3 |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް |
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ. ( ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.) |
ބީލަމުގައި ރަޖިސްޓްރީނުވާ އަދި އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބީލަން ހުށައެޅުމަށް ބައިވެރިއެއް ނުވެވޭނެއެވެ. މި ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 29 މޭ 2024 ވާ ބުދަ ދުވަހުގެ 10:00ގެ ކުރިން ސުކޫލަށް ހާޒިރުވެ ނުވަތަ 9972577 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ.
22 މޭ 2024