ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމާބެހޭ

މުދަލުޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަނަ ދުވަހާއި ހަމައަށް ފަޤީރުންނާއި  މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީ، މި އަހަރު މުދަލު ޒަކާތުގެ ފައިސާ ޖަމާކުރެވޭނީ 08 ޖޫން 2024 ގެ ނިޔަލަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަންބަރ: 496-B2/CIR/2024/1003 ސަރކިއުލަރ އިން ވަނީ އަންގަވައިފައެވެ.

ވީމާ، މި ކަމަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ (ހެނދުނު 9:00 އިން 13:00އަށް) ފޯމް ދޫކުރުމާއި ބަލައިގަތުމުގެ މަސައްކަތް ކުރަމުންގެންދާނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެއެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

22 މޭ 2024
ހޯދާ