މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީ އަށް ސ. މަަރަދޫފޭދޫއިން ޕްރޮޖެކްޓް އޮފީހެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން

މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން ސ. މަަރަދޫފޭދޫގައި މިކުންފުނީގެ ފަރާތުން ހިންގާ ޕްރޮޖެކްޓްގެ މަސައްކަތަށް ދާ މުވައްޒަފުން ބޭތިއްބުމާއި ޕުރޮޖެކްޓް އޮފީހެއް ޤާއިމް ކުރުމަށް އެމް.ޑަބްލިޔު.އެސް.ސީއަށް ސ. މަަރަދޫފޭދޫއިން ކުއްޔަށް ދޫކުރާނެ ތަނެއް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.

 

ކުއްޔަށް ހިފާ ތަނުގައި ހުންނަން ޖެހޭ މުހިންމު ޝަރުތުތައް

 

1-      ތަނަކީ 02 ކޮޓަރީގެ އެޕާޓްމަންޓް އަކަށް ވާން ޖެހޭނެއެވެ.

2-      މަދުވެގެން 02 ކޮޓަރީގައި ފަރުނީޗަރު ވެއްދިފައި ހުރުން. (އެއާރ ކޮންޑިޝަނާއިއެކު)

3-      މަދުވެގެން 02 ފާޚާނާ ހުރުން.

4-      ފަރުނީޗަރާއި އެކު (އިމާރާތާއި ފަރުނީޗަރަކީ އަދި އެހެނިހެން ތަކެތްޗަކީ ބާވެހަލާކުވެފައިވާ ތަކެތިކަމުގައި ނުވުން.)

5-      ހިފާގެންގުޅޭ ތަކެތި ހުރުން. (ތެލި، ތަށި، ސަމްސާ، އުދުން (ގޭސްފުޅީއާއިއެކު)، އައިސްއަލަމާރި، އަދި ދޮންނަމެޝިން ފަދަ ތަކެތި)

6-      އިމާރާތާއި ފަރުނީޗަރަކީ އަދި އެހެނިހެން ތަކެތިޗަކީ ބާވެހަލާކުވެފައިވާ ނުވަތަ ބެނުންނުކުރާތާ ގިނަދުވަސް ވެފައިވާ  ތަކެތިކަމުގައި ނުވުން.

7-      ގެޔާއި ގޯތި ތެރެ ކުނިކަހާ ފޮޅާ ސާފުކުރުމައި ކުނިނައްތަލުން. (ކުނިކަހާ ފޮޅާސާފުކުރުމައި ކުނި ނައްތާލުން މަދުވެގެން ހަފުތާއެކު އެއްފަހަރު)

8-      ކުއްޔަށް ހިފާ މުއްދަތު 12 (ބާރަ) މަސްދުވަސް (މިކުންފުނިން އިތުރު މުދަތަކަށް ބޭނުންވެޖެ ހިދެއްގައި ތަންލިބޭގޮތަށް ހުރުން.)

(މި ކުންފުނިން ތަން ޗެކުކޮށް އެންމެ އެކަށީގެންވާ ގޮތަކަށް ހަދާފައިހުރި ރަނގަޅުތަނަކަށް ވުން.)

 

ތަފްސީލް

ތާރީހް

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

27 މެއި 2024

11:00

އައްޑޫ ސިޓީ ކައުންސިލް އިދާރާ ނުވަތަ   އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިން،

6 ވަނަ ފަންގިފިލާ

އަގު ހުށައެޅުން

29 މެއި 2024

11:00

އައްޑޫ ސިޓީ ކައުންސިލް އިދާރާ ނުވަތަ   އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިން،

6 ވަނަ ފަންގިފިލާ

 

 

 

ނޯޓް: އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ. އަގު ހުށައަޅުއްވަނީ ކުންފުންޏެއް ގެ ނަމުގައި ވަނީނަމަ، ކުންފުނީގެ ރަޖިސްޓްރީ އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ.

22 މޭ 2024
ހޯދާ