ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
FIVB Level 1 ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

އިޢުލާން

 

FIVB Level 1  ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

 

ވޯލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ FIVB Level 1   ކޯހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައި ކުރި ނަމްބަރު (IUL)NSA-VAM/NSA-VAM/2024/31 އިޢުލާނުގައި، ކޯހުގައި ބައިވެރިވުމަށް ދީފައިވާ ސުންގަޑިއަށް ބަދަލުގެންނަންޖެހޭކަމަށް ފެންނާތީ އެ އިޢުލާން ބާތިލްކޮށް، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ  FIVB Level 1 ގެ ކޯހުގައި ބައިވެރިވުމަށް އަލުން ހުޅުވާލަމެވެ.

 

FIVB Level 1 ގައި ބައިވެރިވުމުގެ ޝަރުތު:

  • ޢުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހެއްކަމުގައި ވުން
  • އިނގިރޭސި ބަހުން މުއާމަލާތު ކުރަން (ލިޔަން ކިޔަން) އެނގުން
  • ފުރިހަމަ ސިއްޙަތެއްގައި ހުރުން

ކޯސްފީ: 300.00 (ތިން ސަތޭކަ) ޔޫއެސް ޑޮލަރ

ކޯސް އޮންނަ މުއްދަތު އަދި ތަން: 27 – 31 ޖުލައި 2024، މާލޭގައި

ބައިވެރިވުމުގެ ސުންގަޑި: 2024 ޖޫން 10 ވަނަ ދުވަހުގެ 12:00  ގެ ކުރިން

ސެޓްފިކެޓް ދޭ ފަރާތް: FIVB

 

ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، މި އިޢުލާނާއެކު މިވާ އެޕްލިކޭޝަން ފޯމާއި ބައިވެރިވާ ފަރާތުގެ މަޢުލޫމާތު ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ސުންގަޑިއަށް [email protected]  އަށް އީ-މެއިލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ކޯހުގެ ބައިވެރިން ލާންޖެހޭ ޓީޝާރޓް، ޓްރެކްޝޫޓް ތިރި އަދި ކޯހުގެ މެޓީރިއަލް ދިނުމަށް ހަމަޖެހިފައިވަނީ މި އެސޯސިއޭޝަނުގެ ފަރާތުންނެވެ. 

22 މޭ 2024
ހޯދާ