މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޟްޙާ ޢީދުގެ ކުޅިވަރުތަކަށް ސްޓޭޖްގައި ސައުންޑާއި ލައިޓިންގ ހަރުކޮށް ބަހައްޓައިދޭނެ ފަރާތެއް ހޯދުން

އަޟްޙާ ޢީދުގެ ކުޅިވަރުތަކަށް ސްޓޭޖްގައި ސައުންޑާއި ލައިޓިންގ ހަރުކޮށް ބަހައްޓައިދޭނެ ފަރާތެއް ހޯދުން

 

މިކައުންސިލުން ކޮންމެ އަހަރަކުވެސް ރަށު ފެންވަރުގައި މިރަށުގައި އަޟްޙާ ޢީދު ފާހަގަ ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދަމެވެ. މިފަހަރުގެ އަޟްޙާ ޢީދުވެސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ.  

އެހެންކަމުން، އަޟްޙާ ޢީދުގެ ކުޅިވަރުތައް ސްޓޭޖްގައި ކުޅުމަށް ސައުންޑާއި ލައިޓިންގ ހަރުކޮށް ބަހައްޓަދޭނެ ފަރާތެއް ހޯދުމަށް ޢާއްމުކޮށް އިޢުލާން ކުރުމަށްފަހު، އެކަމަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އެކަމަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށްފަހު އެފަރާތަކާއި ޙަވާލުކޮށްގެން ކުރިއަށްދާ ގޮތަށެވެ. އެހެންކަމުން، އަޟްޙާ ޢީދުގެ ކުޅިވަރުތައް ސްޓޭޖްގައި ކުޅުމަށް ސައުންޑާއި ލައިޓިންގ ހަރުކޮށް ބަހައްޓަދޭނެ ފަރާތެއް ހޯދުމަށް ޢާއްމުކޮށް އިޢްލާންކޮށް ބީލަން ހުށަހެޅުމަށް ދަޢުވަތު ދެމެވެ.

ވީމާ، މި މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13.00 އަށް މިކައުންސިލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ

ފިތުރޯނުމަގު، ކ. ހުރާ

ފޯން : 6640074 / 9755770

އީމެއިލް: [email protected]

22 މޭ 2024
ހޯދާ