އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

    ނަންބަރ: A/IUL/344/2024/43

 

                      އިޢުލާން

 

                     އއ.ފެރިދޫގެ ގޭބިސީތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ބަދިގެއިން އަދި މިނޫން ތަންތަނުން އުފެދޭ ކާބޯތަކެތީގެ ބާކީ (ބަދިގޭ ކުނި) ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ނައްތާލުމުގެ ޚިދުމަތް މިކައުންސިލަށް، 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                  މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2024 މެއި 22 ވާ ބުދަ ދުވަހުން ފެށިގެން 2024 މެއި 30 ވާ ބުރާސްފަތި ދުވަހުގެ  މެންދުރުފަހު 14:00 ގެ  ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓާއި، އަމިއްލަ ފަރުދަކު ނަމަ އައި.ޑީ ކާޑު ކޮޕީ، ކުންފުންޏަކުން ނަމަ ރަޖިސްޓްރީގެ ކޮޕީ، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 ޖޫން 03 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

                  މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2024 މެއި 30 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

22 މޭ 2024
ހޯދާ