މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވްސް ޕޮލިޓެކްނިކުގެ، ތިރީގައިވާ މަޤާމަށް މީހަކު ހޯދަން އިޢުލާންކުރަމެވެ.

މަޤާމް:                      ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ގިންތި:                 ދާއިމީ

މަޤާމުގެ ރޭންކް:                 އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:            ސީނިއަރ އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:                 1 (އެކެއް)  

މުސާރަ:                     -/5610 ރުފިޔާ

ސަރވިސް އެލަވަންސް:             -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:               މޯލްޑިވްސް ޕޮލިޓެކްނިކް / މާލެ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:      އެޑްމިނިސްޓްރޭޝަން، މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- މޯލްޑިވްސް ޕޮލިޓެކްނިކް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނަވާ އިސްވެރިޔާ އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތުގެ ތެރެއިން  ފުރިހަމަކުރުމަށް ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

2- މޯލްޑިވްސް ޕޮލިޓެކްނިކުގެ އިސްވެރިޔާ ބައްދަލުކުރައްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް އިސްވެރިޔާގެ ލަފާގެމަތިން އެޕޮއިންމެންޓްތައް ހަޖައްސައި، އެ މަސައްކަތް ކޯޑިނޭޓްކުރުން.

3- މޯލްޑިވްސް ޕޮލިޓެކްނިކުގެ އިސްވެރިޔާ ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގެ ޔައުމީއްޔާތައް ޤަވައިދުން ލިޔެ، އިސްވެރިޔާގެ ލަފާގެމަތިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

4- މޯލްޑިވްސް ޕޮލިޓެކްނިކުގެ އިސްވެރިޔާ ހަވާލުކުރައްވާ އިދާރީ މަސައްކަތްކުރުން.

5- މޯލްޑިވްސް ޕޮލިޓެކްނިކާއި އިންޑަސްޓްރީތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އާލާކުރުމަށް މަސައްކަތްކުރުން.

6- ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި އެޖެންސީތަކާ ކުރަންޖެހޭ މުޢާމަލާތްތައް، ހަމަޖެހިފައިވާ އުސޫލުގެމަތިން، އިސްވެރިޔާގެ އިރުޝާދާ އެއްގޮތަށް ކުރުން.

7- އެކިއެކި ރަސްމީއްޔާތުތަކާއި ޙަފްލާތަކުގައި ބައިވެރިވެވަޑައިގަތުމަށް އިސްވެރިޔާއަށް ލިބިވަޑައިގަންނަވާ ދައުވަތުތައް ލަސްނުކޮށް އަރިހަށް ގެންދިއުން.

8- މޯލްޑިވްސް ޕޮލިޓެކްނިކުގެ ސިއްރު ހިފެހެއްޓުން.

9- އޮފީހުގެ އިސްވެރިޔާ ހަވާލުކުރައްވާ ރަސްމީ މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠު:                    

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލިކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލިކޮށްފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލިކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.

ބ- މީގެ އިތުރުން، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 2015 މޭ 20 އާއި 28 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ- މި މަޤާމުގެ އިންޓަރވިއުއަށް ހާޒިރުވާއިރު، ހުށަހެޅިފައިވާ ސެޓްފިކެޓްތަކުގެ އަސްލާއި، ސެޓްފިކެޓްތަކުގެ އެކްރެޓިއޭޓްކޮށްފައިވާ އަސްލުކޮޕީ ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ޕޮލިޓެކްނިކުގެ ކައުންޓަރުން ލިބޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ. ރެހެންދިހިނގުން ( 1 ވަނަ ފަންގިފިލާ ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މޭ 19 ވަނަ ދުވަހުގެ 15:00

ނޯޓް: 

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކުގެ 3305401 ނަންބަރު ފޯނަށް ނުވަތަ 3305405 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 2 ރަޖަބު 1436

21 އޭޕްރިލް 2015
ހޯދާ