މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެސިސްޓެންޓް ލެކްޗަރަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 މޯލްޑިވްސް ޕޮލިޓެކްނިކަށް، ތިރީގައިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:                         އެސިސްޓެންޓް ލެކްޗަރަރ (ގްރޭޑް 1)

މަޤާމުގެ ގިންތި:                    ދާއިމީ

މަޤާމުގެ ރޭންކް:                    އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:               ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު:                   1 (އެކެއް)

މުސާރަ:                       -/6295 ރުފިޔާ

ސަރވިސް އެލަވަންސް:              -/3500 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                 މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ވަޒީފާ އަދާކުރަންޖެހޭ ދާއިރާ:             ވެލްޑިންގ 

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން:          ސްކޫލް އޮފް މެކޭނިކަލް އެންޖިނިއަރިންގ / މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މޯލްޑިވްސް ޕޮލިޓެކްނިކުގައި ހިންގާ ކޯސްތަކުގައި ކިޔަވައިދިނުން. އެގޮތުން:

  1. ޓޭބަލްކުރެވިފައިވާ މަދުވެގެން 20 ގަޑިއިރު ކްލާސްތަކުގައި ކިޔަވައިދިނުން. ޓިއުޓޯރިއަލްއާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވާރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ރާވައި ހިންގުން.
  2. ކިޔަވައިދިނުމާއި ފިލާވަޅު ތައްޔާރުކުރުމުގައި ރަސްމީގަޑީގެ ވަގުތު އެކަމަށް ހޭދަކުރުމާއި، ތިރީގައިވާ މައިގަނޑު ކަންތައްތައް ކުރުން.

ހ. އާ މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.

ށ. ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބުދާރީވުން.

ނ. ކަނޑައެޅިފައިވާ މުއްދަތުގައި، މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް ތައްޔާރުކޮށްފައި އެކަޑަމިކް ސެކްޝަނުގެ އިދާރީ ބަޔާ ހަވާލުކުރުން.

ރ. އިމްތިޙާނަށްފަހު ހަވާލުކުރެވޭ ޕޭޕަރުތައް ކަނޑައެޅިފައިވާ މުއްދަތުގައި ސާފުކޮށްފައި އެކަޑަމިކް ސެކްޝަނުގެ އިދާރީ ބަޔާ ހަވާލުކުރުން.

ބ. ކިޔަވައިދޭ މާއްދާތައް ކިޔަވައިދެވޭ ފެންވަރު މަތިކުރެވޭނެ ގޮތްތަކާމެދުގައި ވިސްނައިގެން އެކަމަށް މަސައްކަތް ކުރުން.

3. ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކުގައްޔާއި މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ، ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީކުރުމަށް އެހީތެރިވެދިނުން.

4. މި ޕޮލިޓެކްނިކުގެ ކަންތައްތައް ރަނގަޅުކުރުމަށް ހިންގާ ކަންކަމުގައި އެއްބާރުލައި އަމިއްލަގޮތުންވެސް މަސައްކަތް ކުރުން.

5. ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން، މަސައްކަތަށް ފަސްނުޖެހޭ ޕްރޮފެޝަނަލް ރޫޙެއްގައި އެކުވެރިކަމާއެކު މަސައްކަތްކުރުން.

6. އަމިއްލަގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް، އެ ދިރާސާތައް ޝާއިޢުކުރުމަށް މަސައްކަތް ކުރުން.

7. ކިޔަވައިދޭ މާއްދާތަކުގެ ދަރިވަރުންގެ ހާޒިރީ މާކުކުރުމާއި، ހާޒިރީ ބަލަހައްޓައި، ދުވަހުން ދުވަހަށް އެކަޑަމިކް ސެކްޝަނުގެ އިދާރީ ބަޔާ ހަވާލުކުރުން.

8. ކޯސް ހިންގުމަށް ހޯދޭ ތަކެތީގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ކިޔަވައިދިނުމަށް ހޯދޭ ފޮތްތައް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

1. ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ތަމްރީން ދިނުމުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ތަމްރީން ދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، އެމް. އެސް. 1 ރޭންކުގެ ތަމްރީން ދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.

ބ- މީގެ އިތުރުން، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 2015 މޭ 20 އާއި 28 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ- މި މަޤާމުގެ އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހެޅިފައިވާފައިވާ ސެޓްފިކެޓްތަކުގެ އަސްލާއި، ސެޓްފިކެޓްތަކުގެ އެކްރެޓިއޭޓްކޮށްފައިވާ އަސްލުކޮޕީ ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ޕޮލިޓެކްނިކުގެ ކައުންޓަރުން ލިބޭނެއެވެ.)

ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ނ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މޯލްޑިވްސް ޕޮލިޓެކްނިކް / ގ. ރެހެންދި ހިނގުން (1 ވަނަ ފަންގިފިލާ ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މޭ 19 ވަނަ ދުވަހުގެ 15:00

ނޯޓް:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކުގެ 3305401 ނަންބަރު ފޯނަށް ނުވަތަ 3305405 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 16 ރަޖަބު 1436

05 މޭ 2015
ހޯދާ