ވަޒީފާގެ ފުރުޞަތު
|
ނަންބަރު: MNU-HR/2024/90
|
ތާރީޙް: 22 މޭ 2024
|
މަޤާމު:
|
ޑެޕިއުޓީ ޑިރެކްޓަރ
|
ބޭނުންވާ އަދަދު:
|
1
|
ވަޒީފާ އަދާކުރާ އޮފީސް:
|
އެމް.އެން.ޔޫ ބިޒްނަސް ސްކޫލް / މާލެ
|
ގްރޭޑް:
|
6
|
ސްޕައިން:
|
35
|
އަސާސީ މުސާރަ:
|
މަހަކު 10,582.19 ރުފިޔާ
|
ސާރވިސް އެލަވަންސް:
|
މަހަކު 4,535.22 ރުފިޔާ
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
އިނާޔަޔްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
- ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
- ސްޓާފް ޖިމް ފެސިލިޓީ
- ލައިބްރަރީ މެމްބަޝިޕް
|
މަގާމުގެ ޝަރުތުތައް:
|
- މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 7/8ގެ ސަރޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓަކަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭން އަދި އެފެކަލްޓިއެއްގެ އޮޕަރޭޝަނަލް ޕްލޭންގައި ހިމެނޭ ކަންކަން ހާސިލް ކުރުމުގައި އިސްނަގައި ހަރަކާތްތެރިވުމާއި، ދޭންޖެހޭ އެންމެހާ އެއްބާރުލުމެއް ދިނުމާއި އެހީތެރިކަން ދިނުމާއި އަދި އެފަދައިން އިދާރީ ކަންކަން ތަރުތީބުކުރުން.
- އިދާރީ މުވައްޒަފުންގެ މަސައްކަތްތައް ރޭވުމާއެކު އެ މުވައްޒަފުންގެ ވަޒީފާ ބަޔާނާ އެއްބަސްވުމުގައި ސޮއި ކުރެވިފަވޭތޯބަލާ، އެ މުވައްޒަފުންގެ މަސްއޫލިއްޔަތާ ޒިންމާތައް ފުރިހަމައަށް އަދާކުރޭތޯ ބެލުމާ، މި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ގަވާއިދުން ބަލާ އިސްލާޙްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ޑީން އަދި ހިއުމަން ރިސޯސް ޑިޕަރޓްމަންޓްގެ އިރުޝާދުގެ ދަށުން އެޅުން.
- މުވައްޒަފުންގެ ހާޒިރީ، ޑިއުޓީ ރޮސްޓަރ، އިތުރުގަޑިއާ ގުޅޭ ގޮތުން ހިއުމަން ރިސޯސް ސިސްޓަމްއިން ކުރަންޖެހޭ ކަންކަން ކުރުމާއި، ހާޒިރީއާ ގުޅިގެން ދިމާވާ މައްސަލަތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދުވަހީ ގޮތެއްގައި ހައްލުހޯދައި ދިނުމާއި އެފަދައިން އިންތިޒާމްތައް ހަމަޖެހިފައިވާކަން ޔަޤީންކުރުން.
- ފެކަލްޓީގެ މަސައްކަތްތަކަށާއި ކިޔަވައިދިނުމަށް ބޭނުންވާ އެންމެހާ ވަޞީލަތްތަކާއި، އޮފީސް ހިންގުމަށް ހޯދަންޖެހޭ ފަރުނީޗަރާއި، އިކްއިޕްމަންޓާއި މެޝިނަރީފަދަ ތަކެތި ފާހަގަކޮށް، ޑީންގެ ލަފަޔާއެކު އެތަކެތި ހޯދުމުގެ އެންމެހައި މަސައްކަތެއްކުރުމާއި އެ ފަދަ މަސައްކަތް ދާނުދާގޮތްބަލާ މޮނިޓަރކޮށް އެކަށޭނެ ހަލުވިމިނެއްގައި އެ މަސައްކަތް ނިންމުމަށް މަސައްކަތްކުރުން.
- ކްލާސްރޫމްތަކާއި، އޮފީހުގެ އެތެރެއާއި ބޭރު ކަނޑައެޅޭ އުސޫލެއްގެ މަތިން (އެންމެ ލަސްވެގެން ކޮންމެ މަހަކު އެއްފަހަރު) އިންސްޕެކްޓްކޮށް، ކުރަންޖެހޭ މަރާމާތުތައް ފާހަގަކޮށް އެތަންތަން މަރަމާތުކުރުމުގެ އިންތިޒާމުތައް ކުރުމާއި ފެކަލްޓީ އިން ގެއްލޭ ތަކެއްޗާއި މުދަލުގެ ރެކޯޑް ބަލާ ކަމާބެހޭ ފަރާތްތަކަށް އެކަންކަން އަންގުމާއެކު އިހުމާލުވާ ފަރާތެއްވާނަމަ އެ ފަރާތްތަކާމެދު ޑީންގެ އަދި ހިއުމަން ރިސޯސް ޑިޕަރޓްމަންޓްގެ އިރުޝާދުގެ ދަށުން އިސްލާޙީ ފިޔަވަޅު އެޅުން.
- ފެކަލްޓީގެ ބަޖެޓްތައްޔާރު ކުރުމަށް އިދާރީ މަރުކަޒަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި ބަޖެޓުން ކުރެވޭ ޚަރަދުތައް އިދާރީ މަރުކަޒުގެ ކަމާ ބެހޭ ސެކްޝަނާ ގުޅައިގެން ކުރިޔަށް ގެންދިޔުމާއި ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން.
- ފެކަލްޓީއަށް ހޯދާ ތަކެތި ގަވާއިދުން އިންވެންޓްރީ ކުރުވާ އިންވެންޓްރީ ރަނގަޅަށް ބެލެހެއްޓުމާއި އުކާލާ ތަކެއްޗާއި، ނީލަންކިޔާ ތަކެއްޗާއި، ނައްތާލާތަކެތި ފާހަގަކޮށް، އެފަދަ ތަކެތި އޮފީހުގައި ގިނަވެފައި ނުހުންނާނެ ގޮތެއްގެ މަތިން، ގަވާއިދާއެއްގޮތަށް ނައްތާލުން / އިންވެންޓްރީއިން އުނިކުރުމުގެ އިންތިޒާމް ހަމަޖެއްސާ ކަނޑައެޅިފައިވާ ތާވަލްއަކާއި އެއްގޮތްވާ ގޮތުގެ މަތީން މޮނިޓަރކޮށް ބެލެހެއްޓުން.
- ސްޓޮކުން މަދުވާތަކެތި ބަލައި އޮފީހަށް ބޭނުންވާ ތަކެތި އޮފީހަށް ދަތިނުވާނޭހެން ހޯދުމުގެ އިންތިޒާމް ހަމަޖެއްސުމާއި ސްޓޮކް، މޮނިޓަރކޮށް ސުޕަވައިޒްކުރުމާއި، އިސްރާފްތައް ދެނެގަނެ ވީހާވެސް އިސްރާފް މަދުކުރެވޭނެ ގޮތްތައް ހޯދުމާއި އެފަދަ ގޮތްތައް ބޭނުންކުރުން.
- ފެކަލްޓީއިން ހިންގާ އެކިއެކި ލޯކަލް އަދި އިންޓަރނޭޝަނަލް ޕްރޮޖެކްޓްސް އަދި ޕްރޮގްރާމްތަކާއި ގުޅިގެން ހަވާލުކުރެވޭ ކަންކަން ކުރުމާއި މޮނިޓަރކުރުމާއި މަސައްކަތް ކުރެވެމުންދާ މިންވަރު ކަނޑައެޅިފައިވާ ތާވަލްއެއްގެ ދަށުން ގަވާއިދުން ރިޕޯރޓްކުރުން.
- ކިޔަވައިދިނުމަށް ބޭނުންވާ ކުލާސްރޫމުތައް ހޯދައި ހަމަޖެއްސުމާއި އެކަޑެމިކް މުވައްޒަފުންނަށް ދަތިނުވާނޭ ފަދަގޮތަކަށް ކިޔަވައިދިނުމާ ގުޅޭގޮތުން ހަމަޖައްސަންޖެހޭ ހުރިހާ އިދާރީ ކަމެއް ހަމަޖެހިފައިވޭތޯ ކަށަވަރުކުރުމާއި މި މަސައްކަތް އިންތިޒާމްކޮށް ރާވާ ހިންގުމާއި ފާހަގަކުރެވޭ އުނިކަންކަން ޑީނާއި މަޝްވަރާކޮށްގެން ރަގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެފަދައިންއިންތިޒާމްތައް ހަމަޖެހިފައިވާކަން ކަށަވަރުކުރުން.
- ފެކަލްޓީގެ ކުރިއެރުމަށް ނުވަތަ ދުވަހީ އިންތިޒާމުތައް ކޮށްދިނުމާއި އިމްތިޙާން ތަކަށް ހޯލް / ކިލާސްރޫމްފަދަ ތަންތަން ތައްޔާރު ކުރުމުގެ ކަންތައް ހަމަޖެއްސުމާއި އިދާރީ ގޮތުން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެހިފައިވޭތޯ ކަށަވަރުކުރުމާއި މި މަސައްކަތް އިންތިޒާމްކޮށް ރާވާ ހިންގުމާއި އެފަދައިންއިންތިޒާމްތައް ހަމަޖެހިފައިވާކަން ކަށަވަރުކުރުން.
- ފެކަލްޓީގެ ދަރިވަރުން / މުވައްޒަފުން ކުރަންޖެހޭ ދަތުރު ތަކުގެ ކަންތައްތައް މަރުކަޒީ އިދާރާޔާ ގުޅައިގެން ކުރިޔަށް ގެންދިޔުމުގެ އިންތިޒާމް ހަމަޖެހިފައިވާކަން ކަށަވަރުކުރުމާއި މޮނިޓަރކޮށް ބެލެހެއްޓުން.
- ޕާޓްޓައިމް ލެކްޗަރާއިންގެ ރެކޯޑް ޝީޓްތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހިއުމަން ރިސޯސް ޑިޕަރޓްމަންޓަށް ފޮނުވޭކަން ކަށަވަރުކުރުމާއި ދިމާވާ ދަތިތައް ވީހާ އަވަހަކަށް ހައްލުކުރުމަށް މަސައްކަތްކުރުން.
- ތަނަށް އަލަށް ނެގޭ މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުމުގެ ގޮތުން އިންޑަކްޝަން ޕްރޮގްރާމްގެ ތެރެއިން ޙަވާލުކުރެވޭ ބައިތައް ހިންގުމާއި ޕްރޮބޭޝަންގެ އެންމެހާ ކަންތައްތައް ރަނގަޅަށް ދޭތޯ ކަށަވަރުކުރުން.
- ތަނުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި މަސައްކަތްތައް ހަލުވިކޮށް ފެންވަރު މަތިކުރުމަށް އަމިއްލައަށް އިސްނަގައިގެން އިދާރީ މަސައްކަތްތައް ރޭވުމާއި ޑީނާއި އެހެނިހެން މުވައްޒަފުންގެ މަޝްވަރާއާއި ޝާމިލްވުން ހިމެނޭހެން ރަގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ދިމާވާ މައްސަލަތައް އަވަހަށް ހައްލުކުރުމުގައި ގަދައަޅައި މަސައްކަތް ކުރުން.
- ތަނުގެ އެންމެހާ ރެކޯޑްތައް ރަނގަޅު އިންތިޒާމެއްގެ ތެރެއިން ބެލެހެއްޓޭކަން ކަށަވަރުކުރުމާއި އެފަދަ ހަރުދަނާ އިންތިޒާމްތައް ގާއިމްކުރުމާއި އިދާރީ މަސައްކަތްތަކާ ގުޅޭ އެސްއޯޕީ އަދި އުސޫލުތައް ތައްޔާރުކޮށް ޑީންގެ މަޝްވަރާގެ ދަށުން ތަންފީޒުކުރުން.
- އިދާރީ ހިންގުން ހަރުދަނާކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކާ އުޞޫލުތައް ތަންފީޒްކޮށް، މޮނިޓަރކުރުމުގައި ޑީނަށް އެއްބާރުލުމާއި އެހީތެރިކަން ދިނުމާއި މިފަދަ ސިޔާސަތުތަކާ އުޞޫލުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.
- މަތީގައި ބުނެފައިވާ ކަންކަމުގެ އިތުރުންވެސް އިދާރީ މަސައްކަތާ ގުޅޭގޮތުން ޑީން ހަވާލުކުރާ މަސައްކަތްތައް ކުރުން.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
29 މޭ 2024 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2024-BS-90
|
ނޯޓް:
|
- މި މަޤާމުގެ ތަޢުލީމީ އަދި މަސައްކަތު ދާއިރާ ކަމުގައި ބަލާނީ މެނޭޖްމަންޓާއި ގުޅޭ ދާއިރާތަކެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަންބަރު ފޯނަށެވެ.
|