ދިވެހިރާއްޖެ
މި ރަށު ރައްޔިތުންގެ ރުއްގަސް، އެންމެމަތީ އަގެއް ހުށަހަޅާ ފަރާތަކަށް 2 (ދޭއް) އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރަމެވެ.
- ރުއްތަކުގެ ޢަދަދު: 41
- ބަނބުކެޔޮގަސްތަކުގެ ޢަދަދު: 08
ވީމާ ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ރަޖިސްޓަރ ކުރުން |
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2024 މޭ 28 ވާ އަންގާރަދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް: [email protected] އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
މައުލޫމާތު ދިނުން |
މަޢުލޫމާތު ޝީޓް މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. އިތުރު މައުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން 2024 މޭ 28 ވާ އަންގާރަވަހުގެ 11:00 ށް ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. މައުލޫމާތު ސާފުނުކުރުއްވާ ބޭފުޅުންގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. |
އަގު ހުށަހެޅުން |
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 ޖޫން 02 ވާ އާދިއްތަދުވަހު 11:00ގައިއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބަދަލުގައި އެހެން ފަރާތެއް ވަޑައިގަންނަވާނަމަ އެކަންބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. ގަޑި ޖެހިގެން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. |
މަސައްކަތް ހަވާލުކުރުމުގައި ޕްއިންޓް ދޭނެ އުސޫލު |
ހުށަހަޅާ އަގު: % 100
|
އިތުރު މައުލޫމާތު |
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 4006020 / 7612867 އަށް ގުޅުއްވުމަށް ދަންނަވަމެވެ. |